ބޮލީވުޑް މުނިފޫހިފިލުވުން

ޝާހްރުކް ޚާންގެ ފޭނުންނަށް އުފާވެރި ޚަބަރެއް ، ޑޮންގެ ސޫރައިގައި އާ ފިލްމަކަށް ތައްޔާރު ވަނީ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބޮލީވުޑްގެ ސުޕަރ ސްޓަރ ޝާހްރުކް ޚާންގެ ފިލްމެއް ނުފެނި އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުން އޭނާ އާ ފިލްމަކަށް ތައްޔާރުވަމުންދާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފިއެވެ.

Ads by STELCO

ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމު އުފައްދަނީ ޔާސްރާޖް ފިލްމްސްއިންނެވެ. އަދި ފިލްމް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައި ވަނީ ސިދާތު އާނަންދުއެވެ. މި ފިލްމުގައި ދީޕިކާ ޕަދުކޯން އަންހެން ލީޑް ރޯލް ކުޅޭއިރު ޖޯން އަބްރަހަމް ކުޅޭނީ ނެގެޓިވް ރޯލެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޔާސްރާޖް ފިލްމްސްއަށް 50 އަހަރު ފުރުމާ ދިމާކޮށް މިފިލްމު އިއުލާން ކުރުމަށް ބޮޑު ހަފްލާއެއް ބޭއްވުމަށް ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން އެކަން ކެންސަލްކޮށް ފިލްމުގެ ބައެއް އެހެން ކަންކަމަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޝޫޓިން ކުރުމަށް ހަމަޖެއްސި އެހެން ގައުމުތަކުގެ ޝޫޓިންތައް ވެސް ކެންސަލްކޮށް ބޮޑެތި ސެޓްތަކެއް މިހާރު ހަދާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޝާހުރުކް ޚާން މި ފިލްމްގައި ފެނިގެންދާނީ ޑޮން-2 އިން ފެނިގެން ދިޔަ ބޮލުގެ އިސްތަށިގަނޑު ދިގު ސްޓައިލްގައި ކަމަށް ވެސް މީޑިއާތައް ބުނެފައިވެއެވެ. އެގޮތުން އޭނާ މިހާރު ގެންދަނީ އިސްތަށިގަނޑު ދިގު ކުރަމުން ކަމަށް މީޑިއާ ބުނެއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއްގައި ޝާހްރުކްޚާން އޭނާގެ ކަލްކަޓާ ނައިޓް ރައިޑާސް ޓީމަށް ސަޕޯޓް ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާގައި ދައުރުވަމުންދާއިރު އެ ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި އޭނާގެ އިސްތަށިގަނޑު މިހާރު ވަނީ ދިގު ކޮށްފައެވެ.

މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު ކަމަށް ވެސް މީޑިއާ ތައް ބުނެއެވެ. މި ފިލްމު އުފައްދާ ޔަސްރާޖު ފިލްމަކީ ޝާހްރުކް ޚާންގެ ކާމިޔާބު އެތައް ފިލްމުތަކެއް އުފެއްދި ކުންފުންޏެކެވެ. އޭގެ ތެރޭގައި ޑަރް، ދިލްތޯ ޕާގަލްހޭ ، ވީރު ޒަރާ،ޖަބްތަކްހޭ ޖާން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!