ޚަބަރު

ކަނޑުމަތީ ހިނގި އެކްސިޑެންޓެއްގައި ފަސްމީހަކަށް ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދެ ލޯންޗެއް ޖެހި މިރޭ ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ފަސް މީހަކަށް ފަރުވާދެމުން އެބަދެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ފަސްމީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓްވި އެއް ލޯންޗަކީ "ލީޖަން 1"ލޯންޗެވެ. އަދި އެކްސިޑެންޓްވި އަނެއް އުޅަނދު މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓަށް ފަހު "ލީޖަން "ވަނީ މާލެ ގެނެސްފައެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!