ޚަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލާގައި ޖަމީލްގެ ފާޑުކިޔުން ސަރުކާރަށް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރަށް އަހަރެއް ވެގެން ދިޔައިރު ވެސް ސީޕްލޭން ޓާމިނަލަށް ހަދާނެ ގޮތް ނޭނގުނު ކަމަށާއި އާ ޕަސެންޖަރު ޓާމިނަލް ލަސްވުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ސަރުކާރަށް ފާޑު ވިދާޅުވެ މިއަދު ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ އަމަލުތައް މުޅިން ވެސް ހުރީ އިގްތިސޯދު އަނދަވަޅަކަށްވެއްޓި، ރައްޔިތުންގެ ޖީބު ހުސްވާ ގޮތަަށް ކަމަށެވެ.

"އަހަރެއް ވެގެން ދިޔައިރު ސީޕްލޭން ޓާމިނަލަށް ހަދާނެ ގޮތެއް ނޭގުނު. މިވަރުގެ ކަމެއް ނިންމަން ނޭނގުނުއިރު ކިހިނެއްތޯ އިގްތިސޯދީ ބޮޑެތި ނިންމުންތައް ނިންމާނީ؟" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް މެނޭޖިން ޑިރެކްޓަރަކު (އެމްޑީ) އައްޔަން ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާތީ އެކަމަށް ވެސް ޖަމީލް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ޖަމީލު ވިދާޅުވީ ބޮޑެތި ޒިންމާތަކެއް އަދާ ކުރަންޖެހިފައިވާ ކުންފުނީގައި އަދިވެސް ދާއިމީ އެމްޑީއެއް ނެތް ކަމަށާއި މި ސަރުކާރުގެ އަމަލުތައް ހުރީ އިގްތިސޯދު އަނދަވަޅަކަށް ވައްޓާލައި ރައްޔިތުންގެ ޖީބު ހުސްވާ ގޮތަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!