Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

"ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި މީހުންނަށް ލޮކްޑައުންގައި މާލޭގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ"

ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި ފަރާތްތަކަށް ފުރަބަންދުގައި މާލޭގައި ތިބެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ، އާދަމް ޝަރީފް ވަނީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވެދާނެ ކަމަށް، ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. ޝީނާ މޫސާ ވިދާޅުވެފައި ވުމުން، އެކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ނުރައްކާތެރި ދަނޑިވަޅުގައި ޑޮކްޓަރުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށާއި އަދި ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި މީހުންނަށް ލޮކްޑައުންގައި މާލޭގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، މިވަގުތު މާލޭގައި ތިބި އެންމެން ވެސް ވައިރަސް އަށް ޓެސްޓް ކުރަން ޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"މާލޭގައި ތިބި ހުރިހާ އެންމެން އަވަހަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ގޮވާލަން. އަދި ޑޮކްޓަރުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސް ކުރަން! ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި މީހުންނަށް ލޮކްޑައުންގައި މާލޭގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ،" އާދަމް ޝަރީފްގެ ޓްވީޓުގައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް