ޚަބަރު

ފެން ޑެލިވަރީއަށް އެސްއޯ ފުލުހުންނާއި ކުންފުނިތަކުގެ އެމްޑީން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ޑެލިވަރީގެ ހިދުމަތްތަކަށް ބުރޫއަރަމުންދާތީ ފުލުހުންގެ ހާއްސަ ޔުނިޓް، ސްޕެޝަލް އޮޕަރޭޝަން ޔުނިޓް (އެސްއޯ) އިން މާލެ އަށް ފެން ސަޕްލައި ކުރަން ނުކުމެއްޖެ އެވެ.

Ads by STELCO

އައިލެންޑް ބްވަރޭޖަސް ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން އުފައްދާ "ތާޒާ" ފެނުގެ ޑިމާންޑް މަތިވަމުންދާތީ، ފެން ސަޕްލައި ކުރުމުގެ މަސައްކަތް ފުލުހުން ކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ ފުލުހުން މި މަސައްކަތް ކުރުމަށް ހަމަޖައްސަވާ ދިން ކަމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އަށް ޝުކުރު އަދާކޮށްފަ އެވެ.

މާލެ ވަނީ ލޮކްޑައުންކުރުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ބޭނުންވާ މުދާ ލިބުން ދަތިވެފަ އެވެ. މިކަން ހައްލު ކުރަން ސިފައިންވެސް މިހާރު ވަނީ ޑެލިވަރީ އޮޕަރޭޝަންގައި ބައިވެރިވެފަ އެވެ.

މާލެއިން 9 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން އިއްޔެ ވަނީ ނިންމާފައެވެ.

އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.

އަދި އެ ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ވަނީ އަންގާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!