ރާއްޖޭގެ އާބާދީ 557،426 ގައި، 40 އިންސައްތަ މީހުން މާލޭގައި
ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 557426 (ފަސްލައްކަ ފަންސާސް ހަތް ހާސް ހަތަރުސަތޭކަ ސައްބީސް) މީހުންކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަންދާޒާ ކޮށްފިއެވެ.
އެ އިދާރާއިން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުން ދިރިއުޅޭ މާލޭގައި 227،486 މީހުން ދިރިއުޅެއެވެ. އެއީ ރާއްޖޭގެ އާބާދީގެ 40.8 އިންސައްތައެވެ.
މާލެއަށް ފަހު އެންމެ ގިނަ މީހުން ދިރިއުޅެމުން އަންނަނީ ކ.އަތޮޅުގައެވެ. އެއީ 41382 މީހުންނެވެ.
ރާއްޖޭގައި 10000 މީހުން ހަމަނުވާ 4 އަތޮޅެއް އޮތް އިރު އެއީ ވ.އަތޮޅާއި، މ.އަތޮޅާއި ފ.އަތޮޅު އަދި ޏ.އަތޮޅެވެ. އަދިވެސް ރާއްޖޭގެ އެންމެ ކުޑަ އާބާދީއެއް އޮތް އަތޮޅަކީ ވ.އަތޮޅެވެ. އެ އަތޮޅުގެ އާބާދީއަކީ 2688 އެވެ. މ.އަތޮޅުގެ އާބާދީ 6747 ގައި އުޅޭއިރު ފ.އަތޮޅުގެ އާބާދީއަކީ 5941 އެވެ. އަދި ފުވައްމުލަކު ސިޓީގެ އާބާދީއަކީ 9873އެވެ.
ރާއްޖޭގެ 10 އަތޮޅެއްގެ އާބާދީ ހުރީ ދިހަ ހާހާއި ވިހި ހާހާ ދެމެދު އެވެ. އެއީ ހއ، ށ، ނ، ޅ، އއ، ދ، ތ، ލ، ގއ އަދި ގދ އަތޮޅެވެ.
އަދި އާބާދީ 20،000 އާއި 30،000 އާދެމެދު ހުރީ ފަސް އަތޮޅެއްގައެވެ. އެއީ ހދ، ރ، ބ، އދ އަދި އައްޑޫ ސިޓީ އެވެ.
އެ އިދާރާގެ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި މުޅި ރާއްޖޭގެ 6 ސަރަޙައްދެއްގައި ރީޖަނަލް ހޮސްޕިޓަލްތައް ހުރިއިރު 14 ވައިގެ ބަނދަރު މުޅި ރާއްޖޭގައި އެބައޮތެވެ. މީގެ އިތުރުން 5 ސަރަހައްދެއްގައި ޔުނިވަރސިޓީ ކެމްޕަސްތައް ހުރިކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
ރާއްޖޭގައި އެންމެ ފަހުން ނެގި ބޯހިމެނުން ކަމަށްވާ، 2014 ވަނަ އަހަރު ނެގި ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގެ އާބާދީއަކީ 402071 މީހުންނެވެ.
ޏ.އަތޮލު : 14712
ފުވައްމުލައް 2114 ގަ 13037