ދުނިޔެ

އަންތަރީސް ކުރުވާފަދަ ވާހަކައެއް: ބާމިއުޑާ ޓްރެއިންގަލް އިން ގެއްލުނު ބޯޓެއް 90 އަހަރު ފަހުން ފެނިއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބާމިއުޑާ ޓްރެއިންގަލްއަށް "ޑެވިލްސް ޓްރޭންގަލް"އޭ ވެސް ކިޔާ އުޅެއެވެ. ބާމިއުޑާ ޓްރެއިންގަލް އަކީ ނޯތު އެތްލާޓިން އޯޝަންގައި އޮންނަ ހިސާބަކަށް ކިޔާ ނަމެކެވެ. މި ތަނުން ކަނޑުގައި ދުއްވާ އެތައް ބޯޓުފަހަރާއި އަދި މަތިންދާ ބޯޓުތަކެއް ވެސް މީގެ ކުރިން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

Ads by Sosun Fihaara

އެސްއެސް ކޮޓޯޕެކްސީ އަކީ އެކި ގައުމުތަކަށް މުދާ އުފުލާ ބޯޓެކެވެ. އެ ބޯޓަކީ 1925 ވަނަ އަހަރުގެ ޑިސެންބަރު މަހު ބާމިއުޑާ ޓްރެއިންގަލް އިން ގެއްލިފައިވާ ކަމަށް ބުނާ ބޯޓެކެވެ. ކިއުބާގެ ކޯސްޓް ގާޑުން ދާދި ފަހުން ވަނީ އެއްވެސް މީހަކު ނެތް ބޯޓެއް ހޯދާފައެވެ. އަދި އެމީހުން ގަބޫލު ކުރާ ގޮތުގައި އެ ބޯޓަކީ މީގެ 90 އަހަރު ކުރިން ގެއްލިފައިވާ އެސްއެސް ކޮޓޯޕެކްސީއެވެ.

ކިއުބާގެ ކޯސްޓް ގާޑަށް އެންމެ ފުރަތަމަ މި ބޯޓު ފެނިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގައެވެ. އެ ބޯޓު ފެނުނީ ވެސްޓް ހަވާނާ ކައިރީގައި އޮންނަ މިލިޓަރީ ޒޯނެއްގެ ކައިރިންނެވެ. އެ ބޯޓު ފެނުމުން އެ ބޯޓާއި މުއާމަލާތް ކުރެވޭތޯ ކޯސްޓް ގާޑުން މަސައްކަތް ކުރިއެވެ. ނަަމަވެސް އެ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އެހެންކަމުން އެމީހުން ވަގުތުން އެ ބޯޓުގެ ކައިރިއަށް ގޮސް ބެލި ބެލުމުން އެނގުނީ އެބޯޓުގައި އެއްވެސް މީހެއްގެ ހިލަމެއް ނެތް ކަމެވެެ.

އެމީހުން ބެލި ބެލުމުން އެނގޭ ގޮތުގައި މި ބޯޓަށް މިހާރު 100 އަހަރު ވާން ކައިރިވެފައި ވާ ކަަމަށެވެ. އަދި އެ ބޯޓަކީ މީގެ 90 އަހަރު ކުރިން ބާމިއުޑާ ޓްރެއިންގަލް އިން ގެއްްލުނު ކަމަށް ބުނެވޭ އެސްއެސް ކޮޓޯޕެކްސީ ކަމަށް އެމީހުން ލަފާ ކުރެއެވެ.

މި ބޯޓުގެ ކެޕްޓަންގެ "ލޮގްބުކް" ވަނީ ބޯޓުގެ ތެރެއިން ފެނިފައެވެ. ނަމަވެސް މިހާ ދުވަސް ވަންދެން އެ ބޯޓު އޮތް ތަނަކާއި އެ ބޯޓު ގެއްލެން މެދުވެރިވި ސަބަބެއް އަދިވެސް ހޯދިފައެއް ނުވެއެވެ. ބޯޓުން ފެނުނު މި ފޮތުގައި އެ ބޯޓުގައި އުޅުނު ފަޅުވެރިންގެ މައުލޫމާތު ލިޔެފައި ހުއްޓެވެ. އަދި އެންމެ ފަހުން ލިޔެފައިވާ ތާރީހަކީ 1925 ވަނަ އަަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހެވެ.

މި ބޯޓު އެންމެ ފަހުން ދަތުރެއް ކޮށްފައި ވަނީ 1925 ވަނަަ އަހަރުގެ ނޮވެމްބަރ 29 ވަނަ ދުވަހުގައެވެ. އެ ދަތުރަކީ ސައުތު ކެރޮލީނާއިން ކިއުބާއަށް 32 މީހުންނާއެކު ކުރި ދަތުރެކެވެ. އަދި މި ދަތުރުގައި 2300 ޓަނުގެ ކޯލް ވެސް އުފުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދަތުރަށް މި ބޯޓު ފުރިތާ 2 ދުވަސް ފަހުން އިވުނީ އެ ބޯޓު ގެއްލިގެން އުޅޭ ކަމުގެ ހަބަރެވެ. އޭގެ ފަހުން ފާއިތުވެދިޔަ 90 އަހަރު ތެރޭގައި އެއްވެސް މީހަކަށް އެ ބޯޓުގެ އެއްވެސް މައުލޫމާތެއް ހޯދިފައެއް ނުވެއެވެ.

ކިއުބާގެ ވަޒީރުންގެ މަޖިލީހުގެ ނައިބު ރައީސް ޖެނެރަލް އަބެލާޑޯ ކޮލޯން ވިދާޅުވާ ގޮތުގައި ކިއުބާގެ ކަމާބެހޭ ފަރާތްތަކުން މި ބޯޓު ގެއްލެން މެދުވެރިވި ސަބަބުތަކާއި މިހާ ގިނަ ދުވަަަސްތަކެއް ފަހުން އެކަމުގެ ސިއްރަކީ ކޮބައިކަން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ބާމިއުޑާ ޓްރެއިންގަލް އަކީ މިއާމީ އާއި ޕުއާޓޯ ރިކޯ އަދި ބާމިއުޑާގެ މެދުގައި އޮންނަ ތިނެސްކަން ސަރަހައްދެކެވެ. އަދި މި ތަނަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ގެއްލިފައިވާއިރު، މިހާތަނަށް ވެސް ސައިންސްވެރިންނަށް އެކަމުގެ ސިއްރު ތަކެއް ހޯދިފައެއް ނުވެއެވެ.

 

  1. ޮދޮގު

    ތެދު ދޮގު ބަލާ ނުލާތި ކަލޯ ތަންތަނުން ކޮޕީކުރާއިރު.

  2. ގާރލް 7

    ތިހެން ވިއްޔާ އަދި އެމް.އެޗް370 ވެސް ފެންނާނެ…

  3. އަމައްޔާއި…. ހާދަ ގަބޫލުނުކުރެވޭ ކޮސް ހަބަރެއް… ކާކު ގަބޫލުކުރާނީ… ބަލަ ލޮނުގަ އޮންނަ އިރު ތީގާ ދަބަރުވެސް ޖަހާނެދޯ… 90 އަހަރޭ… އޮންނާނީ ގިރިފައެއްނު… ބޮއެހަލާކު…..

  4. ހަސަނު

    ޖަސްޓިސް ބޮލުގަ ހީނާފަތް އަޅަންވީ. ބޯޓް ދަބަރުޖަހާ ގިރިފައޮތްވަރު ނުފެނޭތަ؟

    • ދަންޑެހެލު

      ހީ އެކްސްޕެކްޓް އިޓް ޓު މެލްޓް މޭބީ �

    • ކޮއެފުޅާ މިހާ ދުވަސްވާއިރު އެހެނެއް ނޫން ދޯ އޮންނާނީ…

  5. ފައްސި

    ބޯޓުގަހުރި ކާގޯ ކޮބަޔޯ؟

  6. ބޯއި

    މޮޅައް ދަނެވޮޑިގެންވަނީ ﷲ އަހަރުމެން އަށް އޮތީ ވަކީލް ކޮށްގެން ތިބުން…

  7. ހޯޕްލަސް

    ތީ ދޮގު ހަބަރެއް، ކުޑަކޮށްވެސއ ދިރާސާއެއް ކޮށްލިނަމަ ހަބަރު ލިޔުމުގެ ކުރިން

  8. ވަޓްް ދަަ ފަކް

    އައިއެމ ސ ސަޕްރައިޒުޑް