ޑެލިވަރީ ކުރުމާއި ބަލައިގަތުމުގައި ރައްކާތެރިވުމަށް ބަލަންޖެހޭ ކަންތައްތައް އެޗްޕީއޭއިން ހާމަކޮށްފި
ޑެލިވަރީ ކުރުމާއި ބަލާގަތުމުގައި ރައްކާތެރިވުމަށް ބަލަންޖެހޭ ކަންތައްތައް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ދެންމެ އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ފައިސާގެ ބަދަލުގައި ކޭޝް ކާޑް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޑެލިވަރ ކުރާ ތަކެތި ބެހެއްޓުމަށް ގޮނޑިއެއް ނުވަތަ މޭޒެއް ގޭގެެ އެންމެ ތިރީ ފަންގިފިލާގައި ބެހެއްޓުން އެދެވިގެންވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރުން، ތަކެތި ލިބުމުން ކޮތަޅުން ނަގާ ކޮތަޅު އެއްލާލުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށްވެސް އެޗްޕީއޭއިން އިރުޝާދުދެއެވެ.
ޑެލިވަރީ ކުރުމާއި ބަލާގަތުމުގައި ރައްކާތެރިވުމަށް ބަލަންޖެހޭ ކަންތައްތައް:
✳️ ކޭޝް ކާޑް ބޭނުންކުރުން
✳️ޑެލިވަރ ކުރާ ތަކެތި ބެހެއްޓުމަށް ގޮނޑިއެއް ނުވަތަ މޭޒެއް ގޭގެެ އެންމެ ތިރީ ފަންގިފިލާގައި ބެހެއްޓުން އެދެވިގެންވޭ pic.twitter.com/ErkR6vNkLI
— Health Protection Agency (@HPA_MV) April 18, 2020
މާލެއިން 12 މީހަކު ކޮވިޑަށް ފައްސި ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ފައްސިވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސިވުމާ ގުޅިގެން، ފާއިތުވި ދެ ދުވަހު މާލެ ސަރަހައްދު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.
އަދި އިއްޔެ ހަވީރު 6:00 އިން ފެށިގެން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އަންގަވާފައެވެ.