ޚަބަރު

ފައިސާތައް ފޭރިގަތް ކަމަށް ބުނެ ހެދީ ދޮގު، ފައިސާ ހުރީ ގޭގައި!

ދެން އެމްވީ ، ދެން އޮންލައިން

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ޗެކުތަކަކަށް ފައިސާ ނަގައިގެން ނުކުތް ތަނުން ރަހީނުކޮށް ފޭރުނު ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރި މީހާ ހެދި ދޮގުކަން ހާމަވެއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅީ އަމިއްލަ ކުންފުންޏެއްގެ ބިދޭސީ މުވައްޒަފަކު އެސްބީއައި އިން ދެ ކުންފުންޏެއްގެ ޗެކުތަކަކަށް ފައިސާ ނައިގެން ދަނިކޮށް ރަހީނުކޮށް ފައިސާތަކެއް ފޭރުނު ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ބެލުނު ކަންތައްތަކުން އެމީހާ ފުލުހުންނަށް ދޮގު މައުލޫމާތު ދީ، ދޮގު ރިޕޯޓެއް ކޮށްފައިވާކަން ކަށަވަރު ކުރެވުނު ކަމަށެވެ. އަދި އެކަން ކަށަވަރު ވުމާއެކު މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ރަހީނުކުރި ކަމަށް ބުނި 31 އަހަރުގެ ބަންގުލަދޭޝް މީހާ ހައްޔަރުކޮށް އޭނާ ދިރިއުޅޭތަން ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެތަނުން 8000 ޑޮލަރު ފެނިފައިވާ ކަމަށާއި އެ ޑޮލަރުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވީގޮތް އޭނާ ކިޔައިދިން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އޭނާގެ އަތުން ފައިސާ ފޭރުނީ ނޫން ކަމަށާއި އޭނާ އެ ފައިސާ ނަގައިގެން ގެންގޮސް ފަރުވައި، ފައިސާ ޑޮލަރަށް މާރު ކުރި ކަމަށާއި އަދި ބާކީ ފައިސާ ބޭނުންކުރި ކަމަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ފޭރުނު ކަމަށް ބުނި ފައިސާގެ އަދަދަކީ 127،000 ރުފިޔާ ކަމަށެވެ. އަދި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!