ވިޔަފާރި

އާމްދަނީ ހޯދަން 1.28 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު / ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ދައުލަތުގެ ބަޖެޓާއި ދަރަނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ޖުމްލަ 1.28ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ-ބިލް)ވިއްކަން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ 4މުއްދަތަކަށް ބަހާލައިގެން ޓީބިލް ވިއްކަން ހުޅުވާލާފައެވެ.

ޓީބިލް ވިއްކަން ހުޅުވާލި މުއްދަތު

28ދުވަހުގެ ޓީ-ބިލް: 1.04ބިލިއަން ރުފިޔާ އެއް ބިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.3.50

98ދުވަހުގެ ޓީ-ބިލް: 100މިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.3.87

182ދުވަހުގެ ޓީ-ބިލް: 20މިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.4.23

364ދުވަހުގެ ޓީ-ބިލް: 126.4މިލިއަން ރުފިޔާ، އިންޓަރެސްޓް ރޭޓަކީ %.4.60 

ފިނޭންސް އިން ބުނީ މި ޓީ-ބިލްތައް ގަންނަން ބޭނުންވާ ފަރާތްތަކުން، ފިނޭންސް މިނިސްޓްރީގެ "ސަބްސްކްރިޕްޝަން ފޯމު"ފުރިހަމަކުރުމަށް ފަހު، ސޭލްސް ޑޭޓްގެ ހެނދުނު 8:30އިން 11:00އާ ދެމެދު އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ފިނޭންސުގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެކިއުރިޓީގެ ގޮތުގައި މިހާތަނަށް ވިއްކި ޖުމްލަ އަދަދު ހުރީ 97ބިލިއަން ރުފިޔާގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!