ޚަބަރު

ސްޓޮކްގައި ލޭ ހުރީ ވަރަށް މަދުން، ލޭ ހަދިޔާކޮށްދެއްވާ: މޯލްޑިވްސް ބްލަޑް ސާވިސް

ދެން އެމްވީ

މޯލްޑިވްސް ބްލޮޑް ސާވިސްއަށް ވަޑައިގެން ލޭ ހަދިޔާ ކުރެއްވުމަށް، އެފަރާތުން އެދިއްޖެއެވެ.

މޯލްޑިވްސް ބްލޮޑް ސާވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެފަރާތުގެ ބްލޮކް ބޭންކްގައި މިވަގުތު ލޭގެ ސްޓޮކް މަދުވެފައިވާ ކަމަށާއި، ފުރާނަ ސަލާމަތްކޮށްދިނުމަށް، ލޭ ހަދިޔާ ކުރެއްވުމަށް އެދޭ ކަމަށެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ތެލްސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެގެން ލޭ ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން މީގެ ކުރިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެފަހަރު ވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ހަދިޔާ ކުރިކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އަނެެއްކާ ވެސް ލޭގެ ސްޓޮކް މަދުވެފައިމިވަނީ މާލެއިން ކޮވިޑް19 ފެނި 24 ގަޑިއިރަށް ލޮކްޑައުން ކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބެލެވެއެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!