Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ކުޅިވަރު

ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް އޮތް އޮތުން 30 އޭޕްރިލް އާ ހަަމައަށް ދިގު ދަމާލައިފި

މާލެ ސަރަހައްދުގެ މިސްކިތްތަކާއި ލޮކްޑައުން ކޮށް އަރާފޭބުން މަނާކޮށްފައިވާ ރިސޯޓުތަކުގެ މިސްކިތަކުގެ ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. އެގޮތުން މިހާރު މި މުއްދަތު ވަނީ 30 އޭޕްރިލް އާ ހަމައަށް ދިގު ދަމާލާފައެވެ.

މިނިސްތްރީ އޮފް އިސްލާމިކް އެފެއާޒް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނިފައިވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން 18 މާރޗު ވަނަ ދުވަހުގެ މެންދުރު ނަމާދަށް ފަހު މި ރަށްތަކުގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ނުކުރަން ނިންމާފައި އޮތް ނިންމުން 30 އޭޕްރިލް ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމައެހެންމެ އިތުރު ރަށެއް ލޮކްޑައުން ކޮށްފި ހާލަތެއްގައި އެރަށެއްގައި ވެސް މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށް ވަނީ އަންގާފައެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ވެސް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ގައި 18 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން 23 އޭޕްރިލް އާއި ހަަމައަށް މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށް ނިންމާފައިވާއތީ އެގޮތަށް އަމަލު ކުރުމަށް ވެސް އެދިފައިވެއެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތަކުގައި މިިދިޔަ ތިން ހަފުތާގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ކޮންމެ ނަމާދަކަށް އަންނަނީ ބަންގި ގޮވަމުންނެވެ. އަދި ހުރިހާ އެންމެން ވެސް ގޭގައި ނަމާދު ކުރުމަށް އެދި ބަންގި އަށް ފަހު ދިވެހި ބަހުން ވެސް ގޮވަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް