ކުޅިވަރު

ލޮކްޑައުންގައި މަގުމަތީގައި އުޅުނު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންގައި މަގުމަތީގައި އުޅުނު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮއްވައި މިއަދުގެ މިހާތަނަށް މަގުތަކަށް ނިކުމެ އުޅުނު 92 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދު 92 މީހަކު ހައްޔަރުކުރިއިރު ފުލުހުން ރޭ 8:30 އިން ފެށިގެން ވަނީ މަގުތަކުގައި އުޅޭ މީހުންނާއި މެދު ފިޔަވަޅު އަޅަން ފަށާފައެވެ. އެގޮތުން އިއްޔެ ވެސް 70 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ބޭނުންވާ ކަމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ ކުރިން ފުލުހުން ވަނީ މަގުމަތީ އުޅޭ މީހުން 14 ދުވަހު ކަރަންޓީނަށް ގެންދާނެ ކަމަށްވެސް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!