ޚަބަރު

މާފުށީ ޖަލަށް އެސްއޯ ފުލުހުން ގޮސްފައެއް ނުވޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

މާފުށީ ޖަލަށް އެސްއޯ ފުލުހުން މިއަދު ގޮސްފައިނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

މާފުށީ ޖަލަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު އެސްއޯ ފުލުހުން ގޮވައިގެން ގޮސް ބަންދުގައި ތިބި މީހުންނަށް ހަމަލާދީ ކަރުނަ ގޭސް ޖަހާ ގޮޅިތަކުން ނެރެ ކުޑަކަކޫ ޖައްސާފައިވާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިޔާގައި އަންނަނީ ފެތުރެމުންނެވެ.

މި ވާހަކަތައް ދޮގުކޮށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުން މާފުށީ ޖަލަށް މިއަދު ގޮސްފައިވަނީ ބައްދަލުވުމަކަށް ކަމަށާއި އޮޕަރޭޝަނަލީ އެއްވެސް ކަމެއްގައި ފުލުހުން މާފުށީ ޖަލުގައި ހަރަކާތްތެރިވެފައި ނުވާނެ ކަމަށެވެ. އަދި އެސްއޯ ފުލުހުން މިއަދު މާފުށީ ޖަލަށް ގޮސްފައިނުވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

މާފުށީ ޖަލުގައި މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީއަކު ޖަލު އޮފިސަރަަކަށް ހަމަލާދިނުމުން ރައްދުގައި އެ ގައިދީ އަށް އޮފިސަރު ހަމަލާދިނުމާ ގުޅިގެންނެވެ.

ކަރެކްޝަންސް އިން ވަނީ މާފުށި ޖަލުގައި ގައިދީންނާއި އޮފިސަރުންނާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!