ޚަބަރު

އުސްފަސްގަނޑު ބަޖިޔާ ގައުތަކުގެ ތެރެއަށް މީހަކު ވެއްޓި، ތާށިވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
އުސްފަސްގަނޑުގައި މީގެ ކުރިން ހިނގި ހާދިސާއެއްގެ ފޮޓޯއެއް /ފޮޓޯ: ސަން

އުސްފަސްގަނޑު ބަޖިޔާ ގައުތަކުގެ ތެރެއަށް މީހަކު ވެއްޓި، ތާށިވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މާލެ ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު، ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފަައި އޮތްކަމުގެ މައުލޫމާތު 2026 ސެޕްޓެމްބަރު 18ވަނަ ދުވަހުގެ ހަވީރު 17:16 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމީހާ ސަލާމަތް ކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި ފުލުހުން ކުރި މަސައްކަތުން އެމީހާ މިހާރު ވަނީ ސަލާމަތްކޮށްފައި ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެއީ 50 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!