ޚަބަރު

ކޮވިޑް19: ގެ ބަދަލުވާ މީހުންނަށް އެހީވުމުގައި ވެސް ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ފެތުރެމުންދާ މިދަނޑިވަޅުގައި ރައްޔިތުންގެ ޚިދުމަތުގައި ގައުމީ ސަލާމަތީ ދެ ބާރު ކަމަށްވާ ދިވެހި ސިފައިންނާއި ދިވެހި ފުލުހުން ގެންދަނީ ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ދަތި ޙާލުގައި ޖެހިފައިވާ ދިވެހިންނަށް ބޭނުންވާ އެންމެ ކުދިކުދި ކަންތަކުން ފެށިގެން ބޮޑު ކަމެއް ދިމާވި ނަމަވެސް ފުލުހުން ދަނީ އެކަމަކަށް އެހީތެރިވެވޭތޯ މަސައްކަތް ކުރަމުންނެވެ. އެއީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހަކަށް ބޭނުންވާ އެއްޗެއް ގެންގޮސްދިނުމުން ފެށިގެން ގޮސް ގެ ބަދަލުވާ މީހުންނަށް އެހީތެރިވުން ކަމުގައި ވިޔަސްމެއެވެ.

Ads by MWSC

އެގޮތުން ރޭގައި ވެސް ފުލުހުންގެ ޓީމަކުން ވަނީ މިފަދަ މީހަކަށް އެހީތެރިވެފައެވެ. މާލެ ފުރަ ބަންދުގައި އޮތުމާއެކު ގެ ބަދަލުވުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނު އާއިލާއަކަށް އެންމެ ފަހުން ތަކެތި އުފުލައިދީ ގެއަށް ވަންދައިދިނުމުގައި ވެސް ޙަރަކާތްތެރިވީ ފުލުހުންނެވެ.

މިދަތި އުނދަގޫ ދަނޑިވަޅުގައި ހިތަށް ހިތްހަމަޖެހުމާއި ފިނިކަން ލިބޭ މިފަދަ އެތައް މަންޒަރުތަކެއް ކޮންމެ ދުވަހަކު ހެން ދަނީ ފެންނަމުންނެވެ. އާންމުން އެކަކު އަނެކަކަށް އެހީވާ މަންޒަރާއި ބައެއް ފަހަރު ދިވެހި ފުލުހުން އަދާ ކުރައްވާ ބޮޑު ޒިންމާ ފެނިފައި ޝުކުރުން ހިތްތައް ފުރެއެވެ. ނަމަވެސް އަހަރެމެންގެ ފަސޭހައަކަށާއި އަހަރެމެންނަށް ޚިދުމަތް ކުރަން ގެނެސްފައިތިބޭ ބިދޭސީންނާއި މެދު އިހާނެތިކޮށް ބައެއް ފަހަރު ކަންތައް ހިނގާފައި ހުރިކަމީ ހިތާމަވެރި ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!