ޚަބަރު ބޮލީވުޑް

ކޫލީ ނަންބަރު 1 ގެ ޕްރޮމޯޝަންގައި ސާރާ ބައިވެރި ނުވާނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކާމިޔާބު އެކްޓަރު ވަރުން ދަވަން އާއި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކޫލީ ނަންބަރު 1" ގެ ޕްރޮމޯޝަންގައި ސާރާ ބައިވެރި ނުވާނެ ކަމުގައި ރިޕޯޓުތައް ބުނެފިއެވެ.

Ads by MWSC

އަންނަ މަހު އޮންލައިންކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޕްރޮމޯޝަންގައި ސާރާ ބައިވެރި ނުވާނެ ސަބަބަކީ ދާދި ފަހުން ސާރާ އަށް ތުހުމަތު ކުރެވުނު ޑްރަގް ކޭސްތަކުގެ މައްސަލަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ މައްސަލައިގެ ސަބަބުން މި ފިލްމަށް އެއްވެސް ހުރަހެއް އެޅުމަށް ނޭދޭތީ ސާރާ ޕްރޮމޯޝަން ތަކުގައި ބައިވެރި ނުވާން ނިންމާފައިވާ ކަމަށް ވެސް އިންޑިއާގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ސުޝާންތު ސިންގު ރާޖްޕޫތުގެ މަރުގެ މައްސަލައިގައި ފެންމަތިވި ޑްރަގް ކޭސްތަކުގައި ތުހުމަތު ކުރެވި، ސާރާ އާ އިންޑިއާގެ ނާކޮޓިކްސް ބިއުރޯއިން ވަނީ ސުވާލު ކޮށްފައެވެ.

ކޫލީ ނަންބަރު 1 ފިލްމަކީ ސާރާ އާއި ވަރުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލަން ޖެހެއެވެ.

މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރަން ހަމަޖެހުނު ފިލްމު އޮންލައިން ކޮށް ރިލީޒް ކުރުމަށް ނިންމާފައި ވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.

ކޫލީ ނަންބަރު 1 އަކީ ވަރުން އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. މި ފިލްމަކީ 1995 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރީމޭކެކެވެ. 'ކޫލީ ނަމްބަރު 1'ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!