ޚަބަރު ބޮލީވުޑް

ސުޝާންތުގެ މަރުގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިއަހަރުގެ ޖޫން މަހު އަމިއްލައަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

މިއީ މި މައްސަލައިގައި ހައްޔަރު ކުރި 22 ވަނަ މީހާއެވެ.

މީގެ ކުރިން މި މައްސަލައިގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީގެ އިތުރުން، ރިއާގެ ކޮއްކޮ ޝޮވިކް ޗަކްރޕބަތީ އާއި ސުޝާންތުގެ ހައުސް ކީޕިން މެނޭޖަރު ސެމިއުލް މިރަންޑާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރެއިން ރިއާ ޗަކްރަބޮތީ ވަނީ އެއް މަސް ދުވަހު ޖަލުގައި ހޭދަކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މި މައްސަލައިގައި އެންމެ ފަހުން ހައްޔަރުކޮށްފައިވަނީ ޖޭ މަދޯކް ނަމަކަށް ކިޔުނު މީހެކެވެ. މަދޯކްގެ މައްޗަށް ކުރެވިފައި ވަނީ ތަކުރާރުކޮށް މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތި ބޭނުން ކުރުމުގެ މައްސަލަކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި މަދޯކް އަކީ މި މައްސަލައިގައި ކުރިން ހައްޔަރުކުރެވިފައި ހުރި މީހެއް ކަމަށްވާ ކްޝިތީޖް ޕްރަޝާދު އާ ގާތް ގުޅުމަށް އޮންނަ މީހެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!