ޚަބަރު ބޮލީވުޑް

މާދުރީ އާއި ރާމްގެ ޒަވާޖީ ހަޔާތަށް 21 އަހަރު ، ދިގު ޙަޔާތުގެ ސިއްރަކީ ލޯބި!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑުގެ މަޝްހޫރު ތަރި މާދުރީ ޑިކްސިޓް އާއި އޭނާގެ ފިރިމީހާ ސްރީރާމް ނޭނޭގެ ކައިވެންޏަށް 21 ފުރުން ފާހަގަކޮށްފިއެވެ.

Ads by STELCO

ކައިވެންޏަށް 21 އަހަރު ފުރުމުގެ އުފަލުގައި މާދުރީ ވަނީ ފިރިމީހާ އާއެކު އެހާރާއި މިހާރުގެ ފޮޓޯއެއް ހިއްސާކޮށް، އޭނާގެ ޝުއޫރުތައް ބަންޑުން ކޮށްލާފައެވެ.

މާދޫރީ ބުނި ގޮތުގައި އަނެއްކާ ވެސް މި ފެށިގެން ދަނީ އޭނާގެ ހުވަފެންތަކުގެ ބައިވެރިޔާ އާއެކު އިތުރު އަހަރެކެވެ. އަދި ދެމީހުންގެ ދެމެދުގައި ހުރި ފަރަގުތަކާއެކުގައި ވެސް ދެމީހުންގެ ކައިވެނި މިހާ ހަމައަށް އައިސްފައި ވަނީ ދެމީހުންގެ ދޭތެރޭގައި އޮތް ލޯބީގެ ސަބަބުން ކަމުގައި މާދޫރީގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ބޮލީވުޑް އިން ބްރޭކެއް ނެގުމަށްފަހު އެއިރު އެމެރިކާގައި ދިރިއުޅެމުން ދިޔަ ސްރީރާމް ނޭނޭ އާ މާދޫރީ ކައިވެނި ކޮށްފައި ވަނީ 1999 ވަނަ އަހަރުއެވެ. ކައިވެންޏަށް 21 އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު އެކައިވެންޏަށް ވަނީ ދެ ދަރިން ވެސް ލިބިފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!