ޚަބަރު

ގެއިން ނެރުނު ކުއްޖާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހީތެރިކަމުގެ އެތައް އަތްތަކެއް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ފެތުރެމުންދާ މިދުވަސްވަރު ވަޒީފާއަށް ދާން ވިޔަސް ގެއިން ބޭރަށްދާތީ، ގެއިން ނެރުނު ކުއްޖާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބަޔަކު އެހީތެރިކަމުގެ އަތްތަކެއް ދިއްކޮށްލައިފިއެވެ.

Ads by Sosun Fihaara

މާލޭގައި ކުދިން ބަހައްޓާ ގެއެއްގައި ދިރިއުޅެމުން އަންނަ އެކުއްޖާގެ ވާހަކަ މިރޭ "ދެން" ގައި ޝާއިއުކުރުމުން އެތައް ބަޔަކުވަނީ އެކުއްޖާއަށް ހަމްދަރުދީގެ މެސެޖު ކޮށްފައެވެ.
އެގޮތުން އެޚަބަރަށް ވެސް ކޮމެންޓު ކުރުމުގެ އިތުރުން އޭނާގެ މައުލޫމާތު ހޯދާލުމަށް "ދެން"ގެ ފޭސްބުކް ޕޭޖަށް ގިނަ ބަޔަކު ވަކި ވަކިން މެސެޖު ކޮށްފައިވެއެވެ. އަދި އޭނާއަށް އެހީތެރިވާން ބޭނުންވާ ކަމަށް ބުނެ ފޯނު ނަމްބަރާއެކު އެޚަބަރަށް ވެސް މެސެޖު ކުރިއެވެ.

މިއީ އިހުސާންތެރި، ދީލަތި ދިވެހީންނެވެ. ދަތި ވަގުތުތަކުގައި ވެސް އެކަކު އަނެކަކަށް އެހީތެރިވުމަށް އަތުކުރި އޮޅާލާ ޤައުމުގެ ޙަޤީޤީ ބަޠަލުންނެވެ.
އެހީތެރިކަން ބޭނުންވި ކުއްޖާއަށް މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން މިހާރު ބޯހިޔާވަހިކަމެއް ހަމަޖެހިފައިވީ ނަމަވެސް، އެޚަބަރު ކިޔުމަށްފަހު އޭނާއަށް އެހީތެރިވާން މަސައްކަތް ކުރެއްވި އެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާ ކުރަމެވެ.

މާތް ﷲ ތިބާ އަށާއި ތިބާގެ އާއިލާއަށް ވެސް ހެޔޮ ރަޙްމަތްލައްވާށިއެވެ! ތިބާގެ ތަނަވަސްކަން އިތުރު ކުރައްވާ ، ދީލަތިކަމުގައި ސާބިތު ކުރައްވާށި. އާމީން!

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!