އަދިވެސް ކާވް ތިރިކުރެވޭނެ، ﷲ ގެ ރަހުމަތަށް އުންމީދު ކަނޑާނުލާ: ޒައިދު
ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ކާޝް އަދިވެސް ތިރިކުރެވޭނެ ކަމަށާއި މާތްﷲގެ ރަހުމަތަށް އުންމީދު ކަނޑާނުލުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އަށް ރާއްޖެއިން އަދި މިހާތަނަށް އެންމެ ގިނަ ބަޔަކު މިބައްޔަށް ފައްސިވެފައި ވަނީ އިއްޔެއެވެ. އޭގެ ތެރޭގައި 15 ބިދޭސީން ހިމެނެއެވެ. މިއާއެކު ރާއްޖޭގެ ގިނަ ބަޔަކަށް މި ބަލި ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވާން ފަށާފައެވެ.
އަލީ ޒައިދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދިވެސް ކާވް ތިރިކުރެވޭނެ ކަމަށާއި ބޭނުމީ ހިތްވަރެއް ކަމަށެވެ. އަދި އުނދަގޫ ނަމަވެސް ކެތްތެރިވެއްޖެ ނަމަ މި ބިޔަ ރާޅުން ވެސް ސަލާމަތް ވެވޭނެ ކަމަށެވެ.
"ﷲ ތައާލާގެ ރަހުމަތަށް އުންމީދު ކަނޑާލުމެއް ނެތް." ޒައިދް ވިދާޅުވިއެވެ.
Adhives curve thirikureveyne!☝️
Beynumee hihvareh!
Undhagoo namaves kehtherivevijje nama mi biya raalhun ves salaamai veveyne Insha Allah!
Allah tha'aalaa ge rahumathah unmeed kandaalumeh neh!
— Ali Zaid (@alizaid1000) April 19, 2020
ރާއްޖެއިން ކޮވިޑް-19އަށް 52 މީހުން ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 32 ބިދޭސީންނެވެ. އޭގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން ކޮވިޑަށް ފައްސިވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުންކޮށް، ރާއްޖޭގެ ބައެއް އެހެން ރަށްތައް ވެސް ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.