ޚަބަރު

ލަންކާ އިން ހަ ދިވެއްސަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ގިނަ އަދަދެއްގެ ދިވެހީން ހިޖުރަކޮށްގެން އުޅޭ އަވަށްޓެރި ސްރީލަންކާ އިން ހަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން ބުނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ހަ ދިވެއްސަކު ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަމެއް އެ މިނިސްޓްރީން ނުބުނެއެވެ.

އެ މިނިސްޓްރީން ބުނީ ކޮލަމްބޯގައި ހުންނާ ރާއްޖޭގެ އެމްބަސީގެ މުވައްޒަފުން އެ މީހުންނަށް ކޮންސިއުލާ ޚިދުމަތްތައް ދެމުން އަންނަ ކަމަށެވެ.

އެމީހުންނަށް އެހީތެރިވުމަށް ރާއްްޖޭގެ އެމްބަސީގެ މުވައްޒަފުން މިހާރުވެސް ތިބީ ޕޮލިސްޓޭޝަންގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު ލިބޭގޮތުގައި ވަރަށް އަވަހަށް އެމީހުން ބަންދުން ދޫކޮށްލާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!