ޚަބަރު

ލޭ ހަދިޔާ ކުރައްވާ، އެންމެ ބޮޑަށް ބޭނުންވަނީ އޯ ޕޮޒިޓިވް ލޭ

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގައި ހުރި ލޭގެ ސްޓޮކް ހުސްވާން ގާތް ވެފައިވުމުން، ލޭ ހަދިޔާކޮށްދިނުމަށް އެދިއްޖެ އެވެ.

Ads by MWSC

"ސަން" އަށް ދެއްވި އިންޓަރވިއުއެއްގައި އެމްބީއެސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއޭޓްރިކްސް، ޑރ. އަހުމަދު އުމަރު ވިދާޅުވީ އެމްބީއެސްގެ ސްޓޮކުގައި ޕޭޝަންޓުންނަށް ދޭ ވަރަށް ލޭ ނެތް ކަމަށާއި އެންމެ ބޮޑަށް މިވަގުތު ބޭނުންވަނީ އޯ ޕޮޒިޓިވް ލޭ ކަމަށެވެ.

"އަދި ހަމަ އެފަދައިން ބީ ޕޮޒިޓިވް ލޭއަކީވެސް ލިބުމަށް އުނދަގޫ ވައްތަރެއް،" އޭނާ ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންއަށް ގެނެސްފައިވާއިރު ލޭ ހޯދުމަށް އާންމުކޮށް ބާއްވަމުން އަންނަ ކޭމްޕްތައް ވަނީ އެއްކޮށް ހުއްޓިފައި ކަމަށެވެ. އޭގެ ސަބަބުން ލޭ ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

""އަޅުގަނޑުމެން މި ބުނަނީ، މިހާރު ލޭ އަޅަން އަންނަ ޕޭޝަންޓް މެދުވެރިކޮށް އެ ފަރާތްތަކަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތެއް ގެނައުމަށް،" އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ 3306089 އަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެދުމުން އެ ފަރާތްތަކުން ގެންނާނީ ވެސް ވަކި ގަޑިތަކަށް ކަމަށެވެ. އެއީ އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!