ރިޕޯޓް

"ޝަހާދަތުގެ ދެ ކަލިމަ ކިޔާއުޅުނު މީހާ މަރުވީ ޖަލުގައި ބާއްވައިގެން، ދީނަށް ޖޯކު ޖެހި މީހާ މިނިވަންކަންމަތީ ޤައުމަށް!"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ މީސްމީޑިއާ ގައާއި ޚަބަރުތަކުން އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނަށާއި ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކުރި އިންޑިއާ މީހަކު، ދެން ދުވަހަކު ވެސް އެނބުރި ރާއްޖެ ނާދެވޭ ގޮތަށް އޭނަގެ ޤައުމަށް ޑީޕޯޓު ކޮށްލި ޚަބަރެވެ.

މިޚަބަރު އުފާވެރި ޚަބަރަކަށްވީ މަދު ބަޔަކަށެވެ. ގިނަ މީހުން މިކަމާއި ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔާފައެވެ. ސަބަބަކީ ޣައިރު މުސްލިމަކު އިސްލާމްދީނަށް ފުރައްސާރަ ކުރުމުން ވެސް އޭނައާއިމެދު އެއްވެސް ދައުވާ އެއްވެސް ނުކޮށް، އަދަބެއްގެ ގޮތުން ހަމައެކަނި އޭނާ އޭނަގެ ޤައުމަށް ފޮނުވާލުމުންނެވެ.

ރައްޔިތުންގެ ފާޑުކިޔުން ދެން އަމާޒުވީ، މިދިޔަ އޯގަސްޓު މަހު ނިޔާވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރް ޔަހްޔާ އަށެވެ.

ދިވެހި ސަރުކާރުން ޔާސިރު ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ މާރޗު މަހުގައެވެ. ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅުނު ޔާސިރަކީ ކުރިން އަޙްމަދިއްޔާ ސްކޫލުގެ ޢަރަބި ޓީޗަރެކެވެ. އޭނާ ހައްޔަރުކުރީ ޤައުމުން ބޭރަށް ހަނގުރާމައަށް ދިވެހިން ފޮނުވަން ޓްރެއިން ކުރާކަމަށް ބުނެއެވެ. ނަމަވެސް ފާއިތުވީ ތިން އަހަރަށްވުރެ ގިނަ ދުވަހުވެސް އޭނާގެ މައްޗަށް ދައުވާއެއް ކޮށްފައެއް ނުވެއެވެ.

ޔާސިރު ނިޔާވީ އޮގަސްޓު މަހުގެ ދެވަނަ ދުވަހު، ބޭސްފަރުވާ އަށް އައިޖީއެމްއެޗް ގައި އޮއްވާ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ދީނަށް ފުރައްސާރަކުރި އިންޑިއާ ޑޮކްޓަރު އެއްވެސް ދައުވާއަކާއި ނުލާ ޑީޕޯޓު ކޮށްލުމުން ބައެއް ދިވެހިން ބުނެފައިވަނީ ޝަހާދަތުގެ ދެ ކަލިމަ ކިޔާއުޅުނު މީހާ މަރުވީ ޖަލުގައި ބާއްވައިގެން ހާލުދެރަވުމުގެ ސަބަބުން ކަމަށާއި ނަމަވެސް ދީނަށް ޖޯކު ޖެހި މީހާ މިނިވަންކަންމަތީ ޤައުމަށް ފޮނުވާލީ ކަމަށެވެ.

  1. ލާލް ސިންގް

    ބައިކުޅަނދު މަދު މީހުން ނާއި،އަމިއްލަ އެދުމައިގެން ތިބޭ މީހުން ވެރިން ގެ މަގާމުގަ ތިބީމަ ވާނީ ތިހެން

  2. މާސްޓަރ

    ދޮގުވާހަކަ ނުލިއްޔުވުން އެދެން. އެބޭފުޅާއަށްވެސް އަބުރާ ގައުމަށް ދިޔުމުގެ ފުރުސަތު ސަރުކާރުން އެތައްފަހަރަކުދިން. އެބޭފުޅާ ދާން ބޭނުން ނުވީ. ދީނުގެ ނަމުގައި ވިޔަސް ދޮގުހެދުން ބަލައެއް ނުގަނެވޭ.