ޚަބަރު

"ރައީސް ސޯލިހް ވިދާޅުވިއޭ ކިޔައިގެން ދައްކާ ވާހަކަ ގަބޫލު ކުރައްވާ ބޭފުޅުން އެގޮތަށް ޢަމަލު ކުރައްވާ"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހެލްތު މިނިސްޓަރ އަމީންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ނެގުމަށް މަސައްކަތް ކުރާ އިތުބާރު ނެތް ކަމުގެ ވޯޓްގެ މައްސަލައިގައި އަމީން ދިފާއު ކުރައްވާ މެމްބަރުންނަށް ރައީސް ނަޝީދު ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

އަމީންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމާމެދު މިއަދު އޮތް އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ ބައްދަލުވުމުގައި އެ ވޯޓް ނެގުމަށް ފާސްވެފައެއް ނުވެއެވެ. އެ ބައްދަލުވުމުގައި 58 މެމްބަރުން ބައިވެރިވިއިރު އަމީންއާ ދެކޮޅަށް ވޯޓް ދެއްވީ 27 މެމްބަރުންނެވެ.

މި ވޯޓާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަމީންގެ އިތުބާރު އޮތް ކަމަށް ޕީޖީ ގުރޫޕުން ފާސްވި ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެއަށްފަހު އެމްޑީޕީން ވަނީ އެ މައްސަލަ މަޖިލީހަށް ވައްދާފައެވެ.

މި ކަންތައްތަކާ ގުޅިގެން އެމްޑީޕީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕްގެ މެސެޖުތަކެއް މިހާރު ދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. އެ މެސެޖުތަކުގައިވާ ގޮތުން އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބިގޭ) ވިދާޅުވެފައި ވަނީ އެމަނިކުފާނު ރައީސް ސޯލިހަށް ގުޅުއްވައިފި ކަމަށާއި ރައީސް އައްޔަން ކުރައްވާފައި ހުންނަވާ ބޭފުޅަކު ވަކި ކުރައްވާނީ ރައީސް ކަމަށާއި މަޖިލިސްއިން އެކަން ކުރުން ރަނގަޅު ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވި ކަމަށެވެ.

މުޙައްމަދު ރަޝީދަށް ރައްދު ދެއްވާ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެ ގުރޫޕްގައި ވެސް ރައީސް ސޯލިހް އިންނަވާ ކަމަށާއި ރައީސްއޭ ކިޔައިގެން ދައްކާ ވާހަކަ ގަބޫލު ކުރައްވާ ބޭފުޅުން އެގޮތަށް އަމަލު ކުރެއްވުމަށެވެ.

"ތިޔަ ގޮތަށް ބިގޭ ރައީސްއޭ ކިޔައިގެން ދައްކާ ވާހަކަ ގަބޫލު ކުރައްވާ ބޭފުޅުން އެގޮތަށް އަމަލު ކުރައްވާ" ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

  1. އެމްޑީޕީގެ އާންމު މެމްބަރުން

    އެމް.ޑީ.ޕީ އިން ރައީސް ނަޝީދު ވަކިކުރުމަށް ގޮވާލަން- ޕާޓީގެ މުސްތަގުބަލް އުޖާލާވުން އޮތީ އެގޮތުގެ މައްޗަށް ބާރު ހިފާފަ.