ޚަބަރު

ކުޅުދުއްފުށި 3 ދުވަހަށް ލޮކްޑައުން ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ 3 ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން "މިހާރު" ނޫހަށް ވިދާޅުވީ މާދަމާ މެންދުރު 12:00 އިން ފެށިގެން ތިން ދުވަހަށް އެ ސިޓީ ލޮކްޑައުން ކުރުމަށް ކުޅުދުއްފުށީ ކޮވިޑް ޓާސްކް ފޯހުން ނިންމާފައިވާ ކަމަށެވެ. އަދި އެ ސިޓީން ފޭބޭނީ މުހިއްމު ބޭނުންތަކުގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި މިފަދަ ފިޔަވަޅެއް އަޅަން ނިންމި ފުރަތަމަ ފަހަރެވެ.

މިގޮތަށް ނިންމާފައިވާއިރު ހއ. އުލިގަމު މީހަކު ކޮވިޑް-19 އަށް އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ. މި މަހުގެ 15 ވަނަ ދުވަހު މާލެއިން އޭނާ ރަށަށް ދިޔައީ ހއ. އިހަވަންދޫ ބޯޓެއްގައި ކަމަށްވާއިރު އުލިގަމާއެކު އިތުރު ރަށްތަކެއް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކުޅުދުއްފުށީ ލޮކްޑައުން ކުރަން ނިންމިއިރު މާލެ އިން ބައްޔަށް ޕޮޒިޓިވްވާ މީހުން ފެންނަމުންދާތީ ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކުރުމަށް ނިންމާފައެވެ.

އެގޮތުން މިއަދު އެކަނި ވެސް މާލެ ސަރަހައްދުން ވަނީ 15 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!