ވިޔަފާރި

އެސްޓީއޯ އިން މި ވަގުތު ކަރާ ނުގަންނާނެ

ދެން އެމްވީ ، ދެން އޮންލައިން

ދަނޑުވެރިން ހައްދާ ތަކެތީގެ ތެރެއިން އެސްޓީއޯއިން މިވަތުތު ގަންނާނީ ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.

Ads by MWSC

މި ފުޑް ސެކިއުރިޓީ އަށް ބޭނުންވާ ތަކެތީގެ ލިސްޓުގައި ކަރާ ނުހިމެނޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާފައި އެސްޓީއޯއިން ދަނޑުވެރިން އަތުން ގަންނަ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ކުރިން ދަނޑުވެރިން ހައްދާ ގިނަ ތަކެތި ގަންނަން އެ ކުންފުނިން ނިންމި ނަމަވެސް މިހާރު ގަންނާނީ ހަމައެކަނި ފުޑް ސެކިއުރިޓީއަށް ބޭނުންވާ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރާ ފަދަ ފޮނި ތަކެއްޗަކީ ކައި ނިމިގެން އަނގަ ފޮނިކޮށްލަން ބޭނުންކުރާ އެއްޗެހި ކަން ފާހަގަކޮށް އަމްރު ވިދާޅުވީ އެފަދަ ތަކެތި ގަތުމުގެ ވިސްނުން މިހާރު އެސްޓީއޯއިން ނުގެންގުޅޭ ކަމަށެވެ.

ކަރާ ފަދަ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދޭން އިކޮނޮމިކް މިނިސްޓްރީން ޕްލޭނެއް ތައްޔާރުކޮށްފައިވާ ކަން ވެސް އަމްރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިން ހައްދާ ފުޑްސެކިއުރިޓީގެ ބައިގައި ހިމެނޭ ތަކެތި އެސްޓީއޯއިން ގަންނަން ނިންމައިފައިވަނީ އަންނަ 1 އިން ފެށިގެންނެވެ. މިކަމަށް ހާއްސަ ސެންޓަރެއް ނޯތު ހާބަރު ސަރަހައްދުގައި ހަދަން މަސައްކަތް ކުރި ނަމަވެސް ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން އެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!