މީހުންގެ ފޮޓޯ ނޭނގި ތިއްބާ ބަރަހަނާ ކުރާ ޓެލެގްރާމް ބޮޓެއްގެ މައްސަލަ ފެންމަތިވެއްޖެ

ޓެލެގްރާމް ބޮޓެއްގެ އެހީގައި، ފޮނުވާ ފޮޓޯތައް ބަރަހަނާ ކުރުމަށް ފަހު ފޮޓޯ އާންމުކުރާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.
"ސީއެންއެން"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެއް ބޭނުން ކޮށް އަންހެނުންގެ ފޮޓޯ އިން ލައިގެން ހުންނަ އަންނައުނު "ރިމޫވް" ކުރުމަށް ފަހު ބަރަހަނާ ކުރުމަށްފަހު ފޮޓޯ އާންމުކުރާ މި ޓެލެގްރާމް ބޮޓުގެ މައްސަލަ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ވަރަށް ބޮޑު މައްސަލަަކަށް ވެފައިވާ ކަމަށެވެ.
ނަމަވެސް މި ބޮޓަކީ ކޮން ގައުމަކުން، ކޮން ބަޔަކު ހަދައިގެން އުޅޭ ބޮޓެއް ކަމަށް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ސީއެންއެންގައި އިތުރަށް ބުނެފައިވާ ގޮތުގައި މިފަދަ މައްސަލައެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. ނަމަވެސް މި ފަހަރުގެ މައްސަލަ ސީރިއަސް ވެގެންދަނީ ބަރަހަނާ ކުރާ ފޮޓޯތަކުގައި ކުޑަކުދިންގެ ފޮޓޯ ވެސް އެކުލެވޭތީ ކަމުގައި އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި މި ބޮޓުގެ ސައްހަ ކަން ޔަގީން ކުރުމަށް ސީއެންއެން އިން އެ ބޮޓަށް ފޮޓޯ ފޮނުވި ކަމަށް ވެސް ވަނީ ބުނެފައެވެ.