Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޖޭޕީގެ ދިފާއުގައި ރައީސް ނަޝީދު: މިއީ ކޯލިޝަން ސަރުކާރެއް، ދައުރު ނިމުމުގެ ކުރިން ވަކި ނުކުރެވޭނެ

ޖޭޕީގެ ދިފާއުގައި ރައީސް ނަޝީދު: މިއީ ކޯލިޝަން ސަރުކާރެއް، ދައުރު ނިމުމުގެ ކުރިން ވަކި ނުކުރެވޭނެ

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށާއި، މި ދައުރުު ނިމުގެ ކުރިން ކޯލިޝަން ޕާޓީއެއްގެ މެންބަރެއް ސަރުކާރުން ވަކި ނުކުރެވޭނެ ކަމަށް، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއެކު، ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ފާޑު ކިޔުން އެ ޕާޓީއަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން، ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ވަޒީރުން ވަކި ކުރަން ޖެހޭ ކަމަށް ބައެއް މަޖިލިސް މެންބަރުން މިއަދުގެ ޖަލްސާގައި ވަނީ ގޮވާލާފައެވެ.

އަދި ޖުމްމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި 2 ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭ ނަމަ، ކަންތައް ކުރައްވާނެ ގޮތަކާ މެދު ރައީސް ސޯލިހު ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"މި ވަގުތު ހިނގަމުން މިދަނީ އެމްޑީޕީ އިސްވެ އޮވެ އުފެއްދި އިއްތިހާދުގެ ސަރުކާރު. މި ދައުރު ނިމެންދެން ސަރުކާރުގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރެއް ސަރުކާރުން ވަކި ނުކުރެވޭނެ." މިހާރުގެ މަޝްރަހާ ގުޅޭގޮތުން ރައީސް ނަޝީދުގެ ޚިޔާލުފުޅު ހިއްސާ ކުރައްވަމުން މިއަދު އެމްޑީޕީގެ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް