ޚަބަރު

1 ޖީބީ ޑޭޓާއާއި އަންލިމިޓެޑް ކޯސްލްސް ހިމެނޭ ޕެކޭޖެއް އުރީދޫއިން ތައާރަފުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް ކޮންމެ ދުވަހަކު ބޭނުން ކުރެވޭ ކޯލާއި އިންޓަނެޓް ހިމެނޭ ޑެއިލީ ޑޭޓަ ކޮމްބޯއެއް ތައާރަފް ކޮށްފި އެވެ.

Ads by STELCO

މި ޕެކޭޖުގެ ދަށުން ކޮންމެ ދުވަހަކު ބޭނުން ކުރުމަށް އެއް ޖީބީ ޑޭޓާ އާއި ދުވަހު އެއްކޮށް އުރީދޫ ނަމްބަރުުތަކަށް ހިލޭ ގުޅޭނެ އެވެ. މި ޕެކޭޖުގެ އަގަކީ35 ރުފިޔާ އެވެ.

މި ޕެކޭޖުން ކޮންމެ ދުވަހަކު ވެސް ރޭގަނޑު 11:59 އާ ހަމައަށް އެއް ޖީބީގެ ޑޭޓާ ލިބޭއިރު، އުރީދޫ ހުރިހާ ނަންބަރަކަށް ވެސް ހިލޭ ގުޅާލެވޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މި ޕެކޭޖު އުރީދޫ އެޕްލިކޭޝަނުންނާއި #1*929* އަށް ގުޅައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

މިއީ މި ފެށޭ ރަމަޟާން މަހަށް ހާއްސަ ކޮށްގެން އުރީދޫއިން ތައާރަފުކުރި ޕެކޭޖެކެވެ.

އުރީދޫއިން ބުނީ ކޮވިޑް-19އާ ގުޅިގެން ދުނިޔެ ކުރިމަތިލަމުންދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާދިނުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އޮފާ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބި، ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ހިދުމަތް ބޭނުން ކުރުމުގެ މަގު ފަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!