ޚަބަރު

ފިލްމީތަރި މަލްގެ މައްޗަށް ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާ އުފުލައިފި

ދެން އެމްވީ ، ދެން އޮންލައިން

ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރި ކަމުގެ ދައުލަތުން އުފުލައިފިއެވެ.

Ads by STELCO

އެ މައްސަލަ ޕީޖީ އޮފީހުން ހުށަހެޅީ ހުޅުމާލޭކޯޓަށެވެ.

މަލްގެ މައްޗަށް އެ ދައުވާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އަކުން އޭނަ އާއި އިތުރު 11 މީހަކު ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކޮށްފައިވާތީއެވެ.

މަލް އެކަމަށް އިންކާރު ކުރިޔަސް ދެން ތިބި މީހުން ވަނީ ކުޑަކަމުދާތަކެތި ދީފައެވެ.

ދެން ހައްޔަރުކުރީ ހަމައެކަނި ފިރިހެނުންނެވެ. އެމީހުންގެ ވަނީ ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އުފުލައިފައެވެ. އެމީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި މީހުންގެ މައްސަލަ ހުށަހެޅީ ހުޅުމާލޭ ކޯޓަށެވެ. ދެން ހުރި މީހާގެ މައްސަލަ ފޮނުވީ ޑްރަގް ކޯޓަށެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވެ، ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ކަމަށް ބުނުމުންނެވެ.

މީގެއިތުރުން އދ. މާމިގިލިން މަސްތުވާތަކެއްޗާއެކު މަލް ހައްޔަރުކުރި މައްސަލާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ. އެ މައްސަލަ ސާބިތުވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމެއް މަލްއަށް އަންނާނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!