ޚަބަރު

މިއަދު ފައްސިވި އެކަކީ ޓެކްސީ ކުރާ މީހެއް، އޭނާގެ ކިބައިން އަލާމާތެއް ނުފެނޭ: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

މިއަދު ކޮވިޑް-19އަށް ފައްސިވި އެކަކީ ޓެކްސީ ކުރާ މީހެއް ކަމަށާއި އޭނާގެ އަލާމާތްތައް ފެށިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށާއި އޭނަގެ ކިބައިން މިހާރު އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކޭސް 85 ވަނަ ކޭސްއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑރ. ވިދާޅުވީ އެއީ ފްލޫ ކްލިނިކަކަށް ދެއްކި މީހެއް ކަމަށެވެ.

" އޭނާ އެންމެ ފުރަތަމަ ހުރީ ރައްޓެއްސެއްގެ ގޭގައި. ފަހުން ކްލިނިކަށް ދައްކާފައި ބަދަލުވީ އަމިއްލަ ގެއަށް. އޭނާއާ ގުޅުން ހުރި 13 މީހެއް ފާހަގަ ކުރެވުނު. ކޭސް 86 އަކީ އެހެން ކްލަސްޓާތަކާ ގުޅޭ މީހެއް. " ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ މަސައްކަތް ކުރަނީ އެސްޓީއޯގެ ހެޑް ކުއާޓާޒްގައި ސެކިއުރިޓީއެއްގެ ގޮތުގައި ކަމަށާއި އޭނާއަކީ ކޮންމެވެސް ވަރަކަށް ޓެކްސީ ދުއްވާ މީހެއް ކަމުގައި ވެސް ޑރ. ވިދާޅުވިއެވެ.

މި މީހާ ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް މިހާރު ކުރިއަށް ދަމުންދާއިރު މިހާތަނަށް ފެނިފައިވަނީ ހަ މީހެކެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި، 45 ބިދޭސީންނެވެ. އަދި 16 މީހަކުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!