ޚަބަރު

މާދަމާ ރޯދަކަމުގައި ވިޔަސް، މަޖިލީހުގެ ޖަލްސާ އޮންނާނެ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސްކަމުގައި ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާދަމާ މުލަ ރޯދައަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް މަޖިލީހުގެ ޖަލްސާއެއް މާދަމާގެ ވެސް ހެނދުނު 11:00ގައި ބޭއްވުމަށް ގަސްދު ކުރައްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، މިއީ ދަތި ދުވަސްތަކެެއް ކަމަށާއި ދަތި ދުވަސްތަކުގައި ރައްޔިތުންގެ މަންދޫބުން ރައްޔިތުންނާއި ދުރަށް ވަޑައިގެން ގޮސްގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަންދޫބުންނަށް ވީހިނދު އެންމެ ކުޑަ މިނުން މަޖިލީހުގެ ޖަލްސާތައް ބާއްވާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެން މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މި އޮތީ ދަތި ދުވަސްތަކެއް. އެހެން ނަަމެވެސް އަޅުގަނޑުމެން އެންމެ އެކުގައި މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ބޭނުންތެރިކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެނަށް އަރައިގަނެވޭނެ،" މަޖިލިސް ނިންމަވާލައްވަމުން ނަޝީދު ވިދާޅުވި އެވެ.

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބަލާނީ މިރޭއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!