ޚަބަރު

އިޤްތިޞާދު ހަލާކުވިޔަސް ފަރުވާލެއްނެތް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ކުރެވެން އޮތް ޚަރަދެއް ކުރާނަން: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ކުރެވެން އޮތް ޚަރަދެއް ކުރާނެކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މަބްރޫކް ވިދާޅުވީ، އެންމެ މުހިންމު ކަމަކީ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުން ކަމަށެވ. އަދި މީޙަކު ނިޔާނުވުމަކީ އުންމީދެއް ކަމަށާއި މިކަމަށްދާ ޚަރަދު ތަކުން އިޤްޞާދު ހަލާކުވާނަމަ ހަލާކުވާންވީ ކަމަށެވެ. އަދި ފަހުން އިޤްތިޞާދު ރަނގަޅު ކުރެވޭނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން އޮތް ހަރަދެއް ކުރާނަން. އެ ވަރިހަމަ ކިތަންމެ ގިނަ ދުވަހު މިކަމުގައި އުޅެން ޖެހުނަސް. އަޅުގަނޑުމެން ބޭނުންވަނީ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރަން. އަދި މީހަކު ނިޔާނުވުމަކީ އުންމީދެއް. އެކަމާ ގުޅިގެން އިގްތިސާދު ހަލާކުވާ ނަމަ، ހަލާކުވާން ވީ. ދެ ވަނަ ކަމަކަށް އަޅުގަނޑުމެން ވިސްނާނީ އިގްތިސާދު ރަނގަޅު ކުރުން." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސަރުކާރު ކުންފުނި ތަކުގެ މުސާރަ ދެވޭ ވަރު ކުރުން ކަމަށެވެ. ސްޓިމިއުލަސް ޕެކޭޖްއާ އެކީގައި މަޑުޖެހިފައިވާ ވިޔަފާރިތައް ފަށައިގަނެވޭނެ ކަން ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވީ ދަނޑުވެރިކަން ފަދަ ކަންކަން ފެއްޓޭތޯ މަސައްކަތް އެބަ ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި، 45 ބިދޭސީންނެވެ. އަދި 16 މީހަކުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!