ޚަބަރު

"އެރަށެއްގެ ރަައްޔިތަކަށް އެރަށަކަށް އެރެންވާނެ"

ދެން އެމްވީ ، ދެން އޮންލައިން

އެރަށެއްގެ ރައްޔިތަކަށް އެރަށަކަށް އެރެންވާނެ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަދި އެ ރަށެއްގެ ކައުންސިލުންނާއި ޓާސްކް ފޯސް ތަކުން އެ ބޭފުޅުން ރަށަށް އެރުވުމަށް ފަހު އައިސޮލޭޓް އަދި ކަރަންޓީނު ކުރެއްވުމަށް ވެސް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މަބްރޫކް ވިދާޅުވީ، ރިސޯޓްތަކާއި، އެހެނިހެން ތަންތަނުގައި ތާށިވެފައިތިބި އެރަށެއްގެ ރަައްޔިތަކަށް އެރަށަކަށް އެރެންވާނެކަމަށެވެ.

" ރިސޯޓަކީ ރިލީސް ލިބިފައިވާ ރިސޯޓެއްނަމަ، އެރިސޯޓުން އަންގަންޖެހޭ އެބޭފުޅަކު ދަތުރުކުރައްވާ ރަށަކަށް، އެ މުވައްޒަފަކު ދާނެކަން. ދެން އެރަށެއްގައި އޮންނަ ޓީމުން (ޓާސްކް ފޯސް) އިން އިންތިޒާމްތައް ރާވައިދޭށޭ" މަބްރޫކް ވިދާޅުވިއެވެ.

އަދި މި ފަދަ ފަރާތްތައް ކުރައްވާނީ ކަރަންޓީނު ތޯ ނުވަތަ ހޯމް އައިސޮލޭޝަން ތޯ ނުވަތަ ރޫމް އައިސޮލޭޝަން ތޯ ކަނޑައަޅުއްވާނީ އެ ރަށެއްގެ ޓާސްކްފޯސް އިން ކަކަމުގައި ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

މި ކަމުގައި ގައި ދަތިތަކެއް ދިމާވަމުންދާ ކަން ފާހަގަ ކުރައްވަމުން މަބްރޫކް ވިދާޅުވީ ބައެއް ރަށްރަށުގައި އެރަށު މީހުން ރަށައް ނޭރުވުމަށްވެސް ނިންމާފައިވާ ކަމަށާއި އެހެން ނަހައްދަވާ އެބޭފުޅުން ރަށައް އެރުވުމަށެވެ.

މާލެއިން ކޮވިޑް19 ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއެކު މާލެވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ޒަރޫރީ ބޭނުމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!