ޚަބަރު

ކާޑާއި ބޯފެން ހޯދުމަށް މާލީ އެހީ ބޭނުން ފުޅުވާ މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް އެ ދާއިރާ މެންބަރު އެހީވަނީ

ދެން އެމްވީ ، ދެން އޮންލައިން

ކާށާއި ބޯފެން ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް އެހީވުމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފައްޓަވައިފިއެވެ.

Ads by STELCO

ބޮންޑާ މިކަން ހާމަކޮށްފައިވަނީ ޓްވިޓާގައި މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ޓްވިޓާގައި އަސްމާގެ ނަމުގައި ހިޔާލު ފާޅުކުރި މީހަކު ބޮންޑޭ ޓެގްކޮށް ބުނީ ވޯޓު ހޯދަންވީމަ، ގުޅާވަރުން ބޮލާ ނުކުޅަދާނަވާ ކަމަށާއި މަޖިލިހަށް ހޮވުމަށްފަހު އެއީ އުޅުއްވާ މެމްބަރެއް ކަން ވެސް ނޭނގޭ ކަމަށެވެ. އަދި މިހާ ދަތި ދަނޑިވަަޅެއްގައި ދާއިރާގެ ރައްޔިތުން އުޅޭ ގޮތަށް ބަލާލަން ގުޅާ ވެސް ނުލާ ކަމަށް އޭނާ ބުނެފައިވެއެވެ.

އެއަށް ރައްދު ދެއްވަމުން ބޮންޑާ ވަނީ އެ ވާހަކަ ތައް ދޮގުކޮށް، އަސާސީ ކާޑުގެ ބާވަތްތައް ގަތުމަށް މާލީ ގޮތުން ދަތިވާ ދާއިރާގެ މެންބަރުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމުގައި ބުނެފައެވެ.

މާފަންނު މެދު ދާއިރާގެ އޮފިޝަލް ޓްވިޓަރ އެކައުންޓް އިން ވެސް ވަނީ މި ފަދަ ފަރާތެއް ވާނަމަ އެ ދާއިރާގެ މެމްބަރު ބޮންޑޭ އަށް ނުވަތަ، ލަބީގް މާހިދު ނަމަކަށް ކިޔާ މީހަކަށް ޕްރައިވެޓް ކޮށް މެސެޖުކޮށްދިނުމަށް އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މާލީ ހާލަތު ދަށްވަމުން އަންނައިރު މީގެ ކުރިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވެސް ވަނީ އެ ދާއިރާގެ ހުރި ގެތަކުގެ ތެރެއިން އެންމެ އަތްމަތި ދަތި 100 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!