Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ކުޅިވަރު

އަައިރަނަރސް ރޯދަ ޗެލެންޖް:ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި

އަައިރަނަރސް ރޯދަ ޗެލެންޖް:ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފި
އައިރަނާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ ރޯދަ ޗެލެންޖްގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން ހޮވައިފިއެވެ. ރޭ ނެގި ގުރުއަތުގައި ނަސީބުވެރީންގެ ގޮތުގައި ހޮވުނީ އައިޝަތު ނިޝްފާއާއި އިސްމާޢީލް މުފީދެވެ. މި ދެ މީހުންގެ ތެރެއިން އައިޝަތު ނިޝްފާއަށް ވަނީ ފިޓް ރަނަރސްއިން ސްޕޮންސަރކޮށްފައިވާ ، ބްރައިން ރެސްޓޯރެންޓުން ދެ މީހަކަށް ރޯދަވީއްލުމެއް ހަމަޖެހިފައެވެ. އަދި އިސްމާޢީލް މުފީދަށް ވަނީ ފެމިލީ ރޫމް ކޮފީއިން ގިފްޓް ވައުޗަރއެއް ލިބިފައެވެ. މިއީ މި ޗެލެންޖުގައި ނެގި ދެވަނަ ގުރުއަތެވެ. ފުރަތަމަ ގުރުއަތުގެ ނަސީބުވެރިޔަކަށް ޢަލީ ނިފާޒު މުޙައްމަދު ހޮވި އޭނާއަށް ވަނީ ދުވުމުގައި ޚާއްޞަކޮށް ބޭނުންކުރާ ގާމިން ގަޑިއެއް ހަދިޔާކޮށްފައެވެ.
 
View this post on Instagram
 

A post shared by irunners Maldives (@irunnersmv)

އައިރަނަރސްގެ ރޯދަ ޗެލެންޖުގެ ހަތްވަނަ ޗެލެންޖު މި އަހަރު ކުރިއަށްދާ އިރު މި ޗެލެންޖްގައި 200އަށް ވުރެ ގިނަ ބައިވެރިން ދަނީ ވާދަކުރަމުންނެވެ. މި ދުވުމުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 10އެވެ. ޑިސްޓެންސް ޗެލެންޖް ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކުން ރޯދަ މަހު 20 ދުވަހު ދުވުން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ސްޓްރާވާ ރަނިން އެޕް މެދުވެރިކޮށް ދުވުމުގެ ސްޓެޓްސް ރިކޯޑް ކުރުމަށް ފަހު އައި ރަނާސްގެ ސައިޓަށް އަޕްލޯޑް ކުރަން ޖެހޭނެއެވެ. ރަން ފުރިހަމަ ކުރާ ފަރާތްތަކަށް އެކަމުގެ މެޑަލް ލިބޭނެއެވެ. ވާޗުއަލް ރަންގައި ބައިވެރިވާ ފަރާތްތަކަށް ދުވަން ވަކި ތާރީޚެއް ދެވޭނެއެވެ. އަދި ދުވުން ފުރިހަމަ ކުރުމުން މެޑަލް ލިބޭނެވެ. މި ދެ ޗެލެންޖްގައި ވެސް ބައިވެރިވުމުގެ ފީއަކީ 150އެވެ. ރަންގެ ޚާއްސަ ޓީޝާޓާއެކީ ފުލް ކިޓެއް ނަންގަވާ ނަމަ 350ރުފިޔާއެވެ.

ހަފްތާ ލަކީޑްރޯ އަށް ޝަރުތު ހަމަވަނީ ކޮންބައެއް؟

ކޮންމެ ހަފްތާއަކު ލަކީޑްރޯއަށް ފުރުސަތު ލިބޭނީ ޑިސްޓެންސް ޗެލެންޖް50ކމ، 100ކމ، 150ކމ އަދި 300ކމގެ ބައިވެރިންނަށް އެކަންޏެވެ. އިންސްޓަގްރާމް/ފޭސްބުކް ސްޓޯރީއަށް ރަންގެ ސްޓޯރީ ޕޯސްޓްކޮށް، ހޭޝްޓެގް #roadharun އަދި  @irunnersmv، @fitrunners އަދި @familyroomcafe މެންޝަން ކުރާ ފަރާތްތައް މި ބައިވެރިން ވީކްލީ ލަކީޑްރޯއަށް ކޮލިފައިވުމަށް މަދުވެގެން 5 ސްޓޯރީ/ޕޯސްޓް (ހަފްތާތެރޭގައި) ބޭނުންވާނެއެވެ.

އައިރަނަރސްއިން ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް ބާއްވާ މި ޗެލެންޖުގެ މިއަހަރުގެ ރަނިން ޕާޓްނަރއަކީ ފިޓް ރަނަރސްއެވެ. އަދި ކޮފީ ޕާޓްނަރއަކަށް ފެމިލީ ރޫމް ކޮފީ ހަމަޖެހިފައިވާ އިރު މީޑިއާ ޕާޓްނަރއަކީ ދެން އޮންލައިނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް