ޚަބަރު

މެލޭރިއާ އަށް ފަރުވާ ކުރާ 50،000 ބޭސް ގުޅަ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ ސަރުކާރުން 50،000 ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ބޭސްގުޅަ ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ. އިންޑިއާ އިން ރާއްޖެ އަށް މި ބޭސް ހަދިޔާ ކޮށްފައި މިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.

Ads by Sosun Fihaara

ހައިޑްރޮކްސީކްލޮރޯކްއީން އަކީ އާންމު ގޮތެއްގައި މެލޭރިއާ އާއި ލޫޕަސް އާއި ރޫމަޓޮއިޑް އާތުރައިޓިސްއަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ބޭހެކެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮވިޑް19 އަށް ފަރުވާ ކުރުމަށް ވެސް މި ބޭސް ދަނީ ބޭނުން ކުރެވެމުންނެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިންޑިއާ އިން ރާއްޖެ އަށް 50،000 އެޗްސީކިއު ބޭސްގުޅަ ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި އެޗްސީކިއު ބޭހުގެ ބޭނުންކުރެވޭނީ ދިވެހި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އިންޑިއާ އިން ރާއްޖެއަށް މި ބޭސް ހަދިޔާ ކޮށްފައިވާއިރު މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއެކު ރާއްޖޭއަށް ދިމާވެފައިވާ ގޮންޖެހުންތައްކުން އަރައިގަތުމަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮންނަވާނެ ކަމަށް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދެރަ މޯދީ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މޯދީ މިހެން ވިދާޅުވީ ކޮރޯނާގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާ އާއި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސް ސޯލިހާއެކު ފޯނުން މަޝްވަރާ ކުރައްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

ދާދި ފަހުން އދ އިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް މުޅި ދުނިޔެކުރާ ހަނގުރާމައިގައި އިންޑިޔާއިން ދޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!