ވިޔަފާރި

ބޭންކް އޮފް ސިލޯނުން ބައެއް ހިދުމަތްތައް އޮންލައިން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މާލެއިން ލޮކްޑައުން ކޮށްފައިވާތީ ބޭންކް އޮފް ސިލޯނުގެ ބައެއް ހިދުމަތްތައް އޮންލައިންކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

އެ ބޭންކުން ބުނި ގޮތުގައި ފައިސާ ޖަމާކުރުމާއި، މުސާރަ ޖަމާކުރުންފަދަ މުހިންމު ކަންކަމަށް ކުރިއަށް އޮތް އެއް ހަފްތާގެ ތެރޭގައި އެ ބޭންކަށް އީމެއިލް މެދުވެރިކޮށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި އެ ބޭންކުގައި އެކައުންޓު ހުޅުވާފައި ތިބޭ ފަރާތްތަކަށް މިހާރުން ފެށިގެން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަށް އީމެއިލްގެ ޒަރިއްޔާއިން މިހާރު އެދެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

އެގޮތުން އެ ބޭންކު މެދުވެރިކޮށް ލޯކަލް ޓްރާންސްފާ ކުރުމަށް [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި ވަގުތުން ވަގުތަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް މިހާރު ހުޅުވާލައިފައިވާ ކަމަށާއި އެގޮތުން [email protected] އަށް މިކަމަށް އެދި އީމެއިލް ފޮނުވުމުން އެހިދުމަތްވެސް ފުރިހަމަ ކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ. މުސާރައާ ބެހޭ އެއްވެސް މުއާމަލާތެއް ހިންގުމަށް [email protected] އަށް މެއިލްކުރުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

އެ ބޭންކުން ބުނީ ރާއްޖޭގައި ދިރިއުޅެމުން އަންނަ ސްރީލަންކާ އަށް ނިސްބަތްވާ ރައްޔިތުންނަށް ބޭނުންވާ ބޭންކިންގެ ހިދުމަތްތައްވެސް މެއިލްގެ ޒަރިއްޔާއިން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، މިހާރު މިގޮތަށް ހިދުމަތްތައް ފޯރުކޮށްދިން ނަމަވެސް ކުރިއަށް އޮތް ތަނުގައި، ބޭންކުގެ މުވައްޒަފުން ނެރެގެން ބައެއް ހިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަދި މި ގޮތަށް ހިދުމަތްދޭނެ ތާރީހެއް އެ ބޭންކުން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!