ޚަބަރު

ދޯންޏެއް ވަގަށް ނެގި ހަތަރު މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް ބަޔަކު ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހަތަރު ދިވެހިން މިއަދު ހައްޔަރު ކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ، ރޭ 12:15 ހާއިރު ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް އެ ދޯނީގެ ވެރިފަރާތަށް ނޭނގި، ވަގަށް ނަގައިގެން ރ. މާކުރަތަށް ގެންގޮސްފައިވާ މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދިވެހި 4 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަނވަރު 12:50 ހާއިރެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 18 އަހަރުގެ ދެ މީހަކާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައިއެއް ރަށުން އަނެއް ރަށަށް މީހުން ދާ ކަމުގެ ޝާކުވާތައް އަންނަ ކަން ފާހަގަކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!