Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މިންވަރެއް އުނިވެއްޖެނަމަ އެކަމުގެ ޒިއްމާ ރައީސް ނަގަންޖެހޭނެ: އަލީ ހުސައިން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މިންވަރެއް އުނިވެއްޖެނަމަ އެކަމުގެ ޒިއްމާ ރައީސް ނަގަންޖެހޭނެ: އަލީ ހުސައިން
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އެއްވެސް މިންވަރެއް އުނިވެއްޖެނަމަ އެކަމުގެ ޒިއްމާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ނަންގަވަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. މެމްބަރު އަލީ މިހެން ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިމަހުގެ 28 ވަނަ ދުވަހު ނިންމަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހަމަޖައްސައިފައިވާ މައްސަލައާއި ގުޅިގެންނެވެ. "ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އެއްވެސް މިންވަރެއް އުނިވާގޮތަށް ޓްރައިބިއުނަލުން ނިންމައިފިނަމަ އެ ކަމުގެ ޒިިންމާ ރައީސުލްޖުމްހޫރިއްޔާ ނަގަން ޖެހޭނެ. މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީގެ ނަތީޖާ އަކީ ކޮބައިތޯ ބަލަން އަޅުގަނޑުމެން މިތިބީ" އަލީ ވިދާޅުވިއެވެ.

ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމާލައިފަ އެވެ.އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެ ކަމަށެވެ. އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް އިޓްލޮސްއިން ބުންޏެވެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް