ޚަބަރު

އިތުރު 14 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން އިތުރު 14 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގް ވިދާޅުވީ މި މީހުން ފައްސިވިކަން ކަށަވަރުވީ ނޫސްވެރިންގެ ބައްދަލުވުމަށް ތައްޔާރުވަމުންދަނިކޮށް ކަމަށާއި މިއީ މާލޭގައި އެއް ތަނެއްގައި އުޅެމުންދިޔަ 14 ބިދޭސީން ކަމަށެވެ.

އެ 14 މީހުންނާއެކު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 108 އަށް އަރާފައެވެ. މިއަދު ހެނދުނު ވެސް ރާއްޖެއިން ވަނީ 9 މީހަކު ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ފަސް ދިވެހިންނެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!