މި ރަމަޟާން މަހު އެންމެ ގިނަ ވަގުތު ރޯދަ ހިފަންޖެހެނީ ގްރީންލޭންޑްގައި ، އެއީ 20 ގަޑިއިރު
އަހަރެއްގެ ތެރޭގައި މުސްލިމުންނާއި ބައްދަލު ކުރާ އެންމެ ބަރަކާތްތެރި މައްސަރުކަމުގައިވާ ރަމްޟާންމަހާއި، ދުނިޔޭގެ އެ ކަންކޮޅުތަކުން 1.8 ބިލިއަން މުސްލިމުން މިބައްދަލު ކުރަނީ ވަރަށް ވެސް ދަތި އުނދަގޫ ވަގުތެއްގައެވެ. މީގެ ކުރީގައި ރަމްޟާން މަސް މުސްލިމުންނާއި ބައްދަލު ކުރަނީ ޢީދެއްގެ ގޮތުގައެވެ. މިސްކިތްތައް ތޮއްޖެހި، ރަޙްމަތްތެރިންނާއި އާއިލާގެ ބައްދަލުވެ އެއްބައި ވަންތަކަން އިތުރުވާ މަހެއްގެ ގޮތުގައެވެ.
ނަމަވެސް މި ފަހަރު ރޯދަ މަސް މި އައީ އެންމެން ގެތަކުގައި ބަންދު ވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮންމެ ގައުމަކަށް ވެސް އިރުއަރާ އޮއްސޭ ވަގުތަށް ބަލާއިރު އެކި ގައުމުތަކުން ރޯދައަށް ހުންނަންޖެހޭ ވަގުތު ތަފާތެވެ. ބައެއް ގައުމުތަކަށް މަސް ފެށޭވަރަށް ވުރެ މަސް ނިމޭ ހިސާބުގައި މިނިޓްކޮޅެއްގެ ތަފާތަކުން ރޯދަ ދިގުވެއެވެ. އަނެއްބައި ގައުމު ތަކުގައި މަސް ނިމޭއިރަށް މިވަގުތު ކުރުވެސް ވެއެވެ. އެގޮތުން ތިރީގައި މި ހިމަނާލަނީ، އަންދާޒާކުރެވޭ ގޮތުން އެކި ގައުމުތަކުގައި ރޯދައަށް ހުންނަން ޖެހޭ ވަގުތުގެ ލިސްޓެކެވެ.
- ނޫކް، ގްރީންލޭންޑް: 20 ގަޑިއިރު
- އޮސްލޯ، ނޯވޭ: 20 ގަޑިއިރު
- ހެލްސިންކީ، ފިންލެންޑް: 20 ގަޑިއިރު
- ސްޓޮހޯމް، ސްވިޑެން: 19 ގަޑިއިރު
- ބާރލިން، ޖަރމަނީ: 19 ގަޑިއިރު
- ކޮޕަންހޭގަން، ޑެންމާރކް: 18.5 ގަޑިއިރު
- ވަރްސޯ، ޕޮލެންޑް: 18.5 ގަޑިއިރު
- ލަންޑަން، އިނގިރޭސިވިލާތް: 18.5 ގަޑިއިރު
- ނޫރް-ސުލްތާން، ކަޒަކިސްތާން: 18.5
- ބްރަސަލްސް، ބެލްޖިއަމް: 18 ގަޑިއިރު
- ޒިއުރިކް، ސްވިޒަރލެންޑް: 18 ގަޑިއިރު
- ބުކަރެސްޓް، ރުމޭނިޔާ: 17.5 ގަޑިއިރު
- މޮސްކޯ، ރަޝިޔާ: 17 ގަޑިއިރު
- އޮއްޓަވާ، ކެނެޑާ: 17 ގަޑިއިރު
- ޕެރިސް، ފްރާންސް: 17 ގަޑިއިރު
- ރޯމް، އިޓަލީ: 17 ގަޑިއިރު
- ކާބުލް، އަފްޣާނިސްތާން: 17 ގަޑިއިރު
- މެޑްރިޑް، ސްޕެއިން: 16.5 ގަޑިއިރު
- ލިޒްބަން، ޕޯޗުގަލް: 16.5 ގަޑިއިރު
- އެތެންސް، ގްރީސް: 16.5 ގަޑިއިރު
- ބެއިޖިންގ. ޗައިނާ: 16.5 ގަޑިއިރު
- ޗޮންގޔަންގ، ނޯތު ކޮރެޔާ: 16.5 ގަޑިއިރު
- އަންކާރާ، ތުރުކީ: 16.5 ގަޑިއިރު
- ޓޯކިޔޯ، ޖަޕާން: 16 ގަޑިއިރު
- ވޮޝިންގޓަން ޑީ. ސީ، އެމެރިކާ: 16 ގަޑިއިރު
- ރަބާތު، މޮރޮކޯ: 16 ގަޑިއިރު
- އިސްލާމްއާބާދު، ޕާކިސްތާނު: 16 ގަޑިއިރު
- ތެހެރާން، އިރާން: 16 ގަޑިއިރު
- ބަޣްދާދު، ޢިރާޤް: 16 ގަޑިއިރު
- ބެއިރޫތު، ލުބުނާން: 16 ގަޑިއިރު
- ދާމުސްކަސް، ސީރިޔާ: 16 ގަޑިއިރު
- ގާހިރާ، މިސްރު: 15.5 ގަޑިއިރު
- ޖެރުސަލަމް، އިޒްރޭލް: 15.5 ގަޑިއިރު
- ކުވޭތު ސިޓީ، ކުވޭތު: 15.5 ގަޑިއިރު
- ޣާޒާ، ފަލަސްތީނު: 15.5 ގަޑިއިރު
- ނިއުދިއްލީ، އިންޑިޔާ: 15 ގަޑިއިރު
- ހޮންގކޮންގ: 15 ގަޑިއިރު
- ޑާކާ، ބަނގްލަދޭޝް: 15 ގަޑިއިރު
- މަސްކެޓް، އޮމާން: 15 ގަޑިއިރު
- ރިޔާޟް، ސަޢުދީ ޢަރަބިޔާ: 15 ގަޑިއިރު
- ދޯހާ، ޤަޠަރު: 15 ގަޑިއިރު
- ޑުބާއީ، ޔޫ. އޭ. އީ: 15 ގަޑިއިރު
- ޚަރތޫމް، ސޫދާން: 14.5 ގަޑިއިރު
- އަދެން، ޔަމަން: 14 ގަޑިއިރު
- އަޑިސް އަބާޑާ، އިތިއޯޕިޔާ: 14 ގަޑިއިރު
- ކޮލޮމްބޯ، ސްރީލަންކާ: 14 ގަޑިއިރު
- ބެންގކޮކް، ތައިލެންޑް: 14 ގަޑިއިރު
- ކުއާލަ ލަމްޕޫރު، މެލޭޝިޔާ: 13.5 ގަޑިއިރު
- ސިންގަޕޯރ: 13.5 ގަޑިއިރު
- ލުއަންޑާ، އެންގޯލާ: 13 ގަޑިއިރު
- ޖަކާޓާ، އިންޑިނީޝީޔާ: 13 ގަޑިއިރު
- ނައިރޯބީ، ކެންޔާ: 13 ގަޑިއިރު
- ބްރަސީލިޔާ، ބްރެޒިލް: 12.5 ގަޑިއިރު
- ހަރާރޭ، ޒިމްބާބުވޭ: 12.5 ގަޑިއިރު
- ވެލިންގޓަން، ސައުތު އެފްރިކާ: 12 ގަޑިއިރު
- ވެނޮސައިޑޭސް، އާޖެންޓީނާ: 11.5 ގަޑިއިރު
- ކޭޕް ޓައުން، ސައުތު އެފްރިކާ: 11.5 ގަޑިއިރު
- ކެންބެރާ، އޮސްޓްރޭލިޔާ: 11.5 ގަޑިއިރު
- ސެންޓިއަގޯ، ޗިލީ: 11.5 ގަޑިއިރު