ބޮލީވުޑް މުނިފޫހިފިލުވުން

ފޮޓޯއިން ތިފެންނަނީ ކާކުކަން އެނގޭތަ؟ ގަބޫލުކުރަން ވެސް އުނދަގޫވާނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހަކީ ވެސް ދުނިޔެއަށް އައުމަށްފަހު އެމީހެއްގެ ސިފަ ބަދަލު ވަމުން އަންނާނެ މީހެކެވެ. އެއީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ފުރިހަމަ ހެއްކެކެވެ. އެގޮތުން ފޮޓޯއިން ތި ފެންނަނީ ވަރަށް ގިނަ މީހުންގެ "ފޭވަރިޓް" އެކެވެ، ގިނަ ފިރިހެން ކުދިންގެ ހިތް އަތުލައި ގަނެފައިވާ ބޮލީވުޑުގެ ފިލްމީ ތަރި އާލިއާ ބަޓް އެވެ.

Ads by Sosun Fihaara

އެންމެ ފުރަތަމަ މިފޮޓޯ ފެނުމާއެކު ޚުދު އަޅުގަނޑަށް ވެސް އެއީ ކާކުކަން ނޭނގުނެވެ. އަދި އެއީ ކާކުތޯ ބަލަން ވަރަށް ބޮޑަށް ކެތް މަދުވީއެވެ. އެހިސާބުން ބައެއް ފަރާތްތަކުގެ ކޮމެންޓުތަކަށް ބަލާލުމުން އެނގިގެން ދިޔައީ އެއީ އާލިއާ ބަޓް ކަމެވެ.

އެހިސާބުން އޭނަގެ އެ ކުޑައިރުގެ ފޮޓޯއަށް ރަނގަޅަަށް ބަލާލި މީހަކަށް މިހާރު އާލިއާ ބަޓް ހުންނަ ގޮތް ސިފަވާނެ ކަން ގައިމެވެ. އުމުރުން އެންމެ 27 އަހަރުގެ އާލިއާ ބަޓްއަކީ ބޮލީވުޑުގެ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ޒުވާން ތަރިއެކެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް ގިނަ ފިރިހެން ކުދިންގެ ހިތް އަތުލައިގެންފައިވާ ތަރިއެއް ގޮތުގައި އާލިއާ ބަޓް ފާހަގަ ކުރެވިގެން ދެއެވެ. އަދި ހަމަ އެކަނި ފިރިހެން ކުދިން އެކަންޏެއް ނޫނެވެ. ގިނަ އަންހެން ކުދިންގެ ރޯލް މޮޑެލްއަކަށް އާލިއާ ބަޓް ވަނީ ވެފައިކަން ޔަގީނެވެ.

Ads by HDC
  1. މުޙަންމަދު

    ތިވެސް ޚަބަރެއްދޯ!

  2. ޕީކޭ

    ގަބޫލު ކުރާކަށް އެއްވެސް އުނދަގުލެއް ނޫން.

  3. ދިވެއްސެއް

    އާލިއާ ބަޓް އެއީކާކުބާ އެއީކޮންމެހެން އެނގެން ޖެހޭމީހެއްބާ

  4. ޕެޑް

    ހީވެސް ނުވޭ