ޚަބަރު

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 2 މީހަކު ހިފަހައްޓައިފި

ދެން އެމްވީ ، ދެން އޮންލައިން

ސައްހަ ނޫން ލިޔުންތަކެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ދެ ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

Ads by Sosun Fihaara

އިމިގްރޭޝަން އިން މިއަދު ބުނީ ނަކަލު ކޮށްފައިވާ ރެސިޑެންޓް ކާޑް ބޭނުންކޮށް އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ދެ ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ. އެއީ 29 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ.

މީގެކުރިން އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ވެސް ހުއްޓުވާފައެވެ.

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ މައްސަލަތައް އިމިގްރޭޝަނުން ބަލަން ފަށާފައިވާއިރު މިދިޔަ އަހަރު ވަނީ ދެ ބިދޭސީ އެއް ޑީޕޯޓްވެސް ކޮށްލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!