ވިޔަފާރި

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 31000 އިން މައްޗަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް އަންނަ މީހުންގެ އަދަދު އިތުރު ވަމުން އަންނަ ކަމަށް ޓޫރިޒަމް މިމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 31000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.

އެ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ހިނގާ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 31852 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ އިންނެވެ. ރަޝިއާ އިން މިހާތަނަށް 6026 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ދެން 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއައީ ޔޫއޭއީން 3377 ފަތުރުވެރިން އައިސްފައިވާއިރު، 2795 ފަތުރުވެރިންނާއިއެކު މި ލިސްޓުގެ 3 ވަނައިގައި އޮތީ އެމެރިކާއެވެ.

ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައި ޤައުމުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތް، ސްޕެއިން، ޖަރުމަނުވިލާތް، ފްރާންސް، ޔޫކްރެއިން، ބްރެޒިލް އަދި އިންޑިއާއެވެ.

ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހުން އަލުން ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!