ޚަބަރު

އިންޑިއާ އިން ދިން މެލޭރިއާ ބޭސް ބޭނުން ކުރަން އަދި ނުނިންމާ، ރާއްޖެއިން ބޭނުން ކުރަނީ އެޗްއައިވީ ބޭސް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުނަށް ފަރުވާ ކުރަން ބޭނުން ކުރަނީ އެޗްއައިވީ އަށް ފަރުވާ ދެ ބޭހެއް ކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ. ޑރ. ނަޒްލާ މިހެން ވިދާޅުވީ ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާއިން ހަދިޔާ ކުރި މެލޭރިއާ ބޭހާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

Ads by STELCO

އެގޮތުން އިންޑިއާ އިން ހަދިޔާ ކުރި މެލޭރިއާ ބޭސް ( ހައިޑްރޮކްސީކްލޮރޯކްއީން) ރާއްޖޭގައި ބޭނުން ކުރާނީ ފަހުގެ މައުލޫމާތައް ބަލާފައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ މެލޭރިއާ ބޭހާއި ގުޅިގެން ގިނަ ދިރާސާތަކެއް ކުރެވެމުންދާ ކަމަށާއި އެބޭސް ބޭނުން ކުރި ބައެއް މީހުން ކޮވިޑް19 އިން ރަނގަޅުވި ކަމުގެ މައުލޫމާތު ވެސް ލިބިފައި އެބަހުރި ކަމަށެވެ.

ވަރަށް ގިނަ ޓްރިއަލްތައް އެކި ގައުމުތަކުގައި ހެދެމުން މިހާރު މިދަނީ. ބައެއް ތަންތަނުގައި އެކްސްޕެރިމެންޓެއް ގޮތުގައި ނޫން ގޮތައް ބައެއް މީހުންނަށް ދީގެން. މިދެންނެވީ ރެޖިސްޓާޑް ޓްރިއަލްއެއް ނޫން ގޮތައް ދީގެން ބައެއް މީހުން ރަނގަޅުވި ކަމަށް ވެސް އެބަހުރި ބައެއް މައުލޫމާތުތައް ލިބިފައި. އެންމެ ފަހުގެ އެވިޑެންސާއި އެއްގޮތައް އަޅުގަނޑުމެން ކުރިއަށްދާނީ. މިކަހަލަ ހާލަތެއްގައި ކޮންމެ ދުވަހަކު ވެސް އަންނާނެ އެވިޑެންސްތައް. އެކަންކަން އަޅުގަނޑުމެން މޮނިޓާ ކުރަމުންދާނަން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ އެދުމުގެ މަތިން އިންޑިއާ އިން ވަނީ ހައިޑްރޮކްސީކްލޮރޯކްއީން ނުވަތަ މެލޭރިއާ ބޭހުގެ 50000 ގުޅަ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!