ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިޔާސީ މީހުން ޖޭއެސްސީގައި ނުހިމަނާ ބިލު ބޭރުކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

Ads by STELCO

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް މިއިސްލާހު މަޖިލިހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އިދިކޮޅު ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

މި ބިލު ބަލައިގަތުމަށް 13 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ބަލައި ނުގަތުމަށް 50 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

މިބިލަށް އެމްޑީޕީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފު (މަވޯޓާ)، ވަކި ކޮޅަކަށް ވޯޓު ނުދެއްވައެވެ.

ޖޭއެސްސީ ގައި ސިޔާސީ މީހުންނަށް ނުތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލާފައިވާއިރު، މަޖިލީހުގައި އެ ބިލުގެ އިބްތިދާއީ ބަހުސްގައި އެ ބިލަށް ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ އެއްވެސް މެމްބަރަކު ވާހަކަ ދައްކާފައެއް ވެސް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!