ޚަބަރު

އަމީރުގެ އިލްތިމާސް: މި ރޯދަ މަހު ވީހާވެސް ހަރަދު ކުޑަކުރައްވާ!

ދެން އެމްވީ ، ދެން އޮންލައިން

މެ ފެށުނު ރޯދަ މަހުގައި ވީހާވެސް ހަރަދު ކުޑަކޮށްގެން ކަންކަން ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ މިހާރު އޮތީ އިގްތިސާދީ ކާރިސާއެއްގެ ތެރޭގައި ކަމަށާއި އެހެންކަމުން އެންމެން ވެސް ހަރަދު ކުޑަކުރުމުގެ ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.

"މި ރޯދަ މަހުގައި ވެސް އެބަޖެހޭ ވީހާވެސް ހަރަދު ކުޑަކޮށްގެން އަޅުގަނޑުމެންގެ ކަންތައްތައް ނިންމަން" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ސަރުކާރާއި، ރައްޔިތުންނާއި އަދި ހުރިހާ މުއައްސަސާތައް ގުޅިގެން މިކުރާ މަސައްކަތުން ސިއްހީ ގޮތުން ކުރިއެރުން ލިބޭ ފަދައިން އިގްތިސާދު ވެސް އިތުރު އަނދަވަޅަކަށް ނުވެއްޓި ސަލާމަތް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އަމީރު ވަނީ ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުމުން ފިލާވަޅުތަކެއް ލިބިގަނެ، ދަނޑުވެރިކަމާއި މަސްވެރިކަމަށް ވަރަށް ބޮޑަށް އިންވެސްޓު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ. އޭގެ އިތުރުން އިކޮނޮމިކް ކައުންސިލް މެދުވެރިކޮށް ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްސް ގެނެވޭނެ ވަރަށް ގިނަ ގޮތްތަކެއް ވެސް ހޯދަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!