Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިއަދު ފައްސިވި މީހުންގެ ތެރޭގައި 4 އަހަރުގެ ލަންކާ ކުއްޖެއް ހިމެނޭ!

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 4 އަހަރުގެ ލަންކާ ކުއްޖެއް ހިމެނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 4 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެއް ހިމެނޭކަމަށެވެ.

މި ގޮތުން މިއަދު ޕޮޒިޓިވްވި 4 އަހަރުގެ ކުއްޖާއަކީ ސްރީލަންކާއަށް ނިސްބަތްވާ ކުއްޖެކެވެ. މިކުއްޖާއަކީ "އެމްއެޗްއެފް" ކްލަސްޓާ އާއި ގުޅުންހުރި ތަނެއްގައި މަސައްކަތް ކުރާ މީހެއްގެ ދަރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން މިއަދު ދެން ފައްސިވި 12 އަހަރުގެ ކުއްޖާއަކީ ކޭސް 28 އާއި ކޭސް 31ގެ ދަރިފުޅެވެ. މިއީ ބީއާރުބީ ކްލަސްޓާއަށް ނިސްބަތްވާ ކުއްޖެއް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސީންނެވެ. ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 18 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް